ވަޒީފާތައް

މުސާރަ
12,443 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
12,443 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

މި ކުންފުނީގެ ނަންބަރ AS/IUL/2022/013 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

އިޢުލާން ނަންބަރު: ASND-HR-IUL-2022-015

މަޤާމް: ސީނިއަރ އޮޑިޓް އޮފިސަރ

ބޭނުންވާ އަދަދު: 1

 

މަޤާމުގެ ޝަރުތު:

  1. އޮޑިޓިންގ،ފައިނޭންސް އެންޑް އެކައުންޓްސް، ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އޭ.ސީ.ސީ.އޭ އެޕްލައިޑް ސްކިލްސް ލެވެލް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ އިންޓަރނަލް އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް އިންޓަރނަލް އޮޑިޓާރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން
  2. ސީނިއަރ އޮޑިޓަރގެ ދަށުން މަސައްކަތް ކުރާ މުވައްޒަފު/ންގެ މަސައްކަތް ސުޕަވައިޒް ކުރުން
  3. އިންޓަރނަލް އޮޑިޓްގެ ކުއަރޓަރލީ ރިޕޯރޓް ތައް އެކުލަވައިލައި އިސްލާޙްކުރުމަަށް ހުށަހެޅޭ ކަންތައްތައް ކުންފުނީގެ މެނޭޖްމަންޓަށާއި އޮޑިޓް ކޮމިޓީއަށް ހުށަހަޅައި ކަނޑައަޅާފައިވާ ތާރީޚުތަކަށް އޯޑިޓްތައް ނިންމުމުގައި އިސްކޮށް ހަރަކާތްތެރިވުން
  4. ރިސްކް މެނޭޖް ކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  5. އިންޓަރނަލް އޮޑިޓްގެ އެސައިންމަންޓް ޕްލޭންތައް، އިންޓަރނަލް އޮޑިޓަރުގެ އެހީތެރިކަމާއިއެކު ތައްޔާރު ކުރުން
  6. އޮޑިޓް ކުރުމަގައި ބޭނުންކުރާ އިޖްރާއަތްތައް ޑްރާފްޓްކުރުން
  7. ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން
  8. އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗައް ބިނާކޮށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން

 

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/7100 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި:   22 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ޑިޕްލޮމާ

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ހޮސްޕިޓަލް އަދި އެހެނިހެން ސިއްޙީ ހަރަކާތްތައް
މަޤާމްތައް
  • އިންޓާނަލް އޮޑިޓް އެގްޒެކެޓިވް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
16 މާރިޗު 2022
މުއްދަތު ހަމަވާ ތާރީޚް
22 މާރިޗު 2022