އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، ވަޒީފާގެ ބާޒާރަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ތިބެގެން ބޭނުންވާނެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕޮރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ސެޓިފިކެޓް ލެވެލްގެ ތަމްރީން ޕްރޮގްރާމްތަކަށް އަމާޒްކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށެވެ.
އެެޕްލިކޭޝަން ހުޅުވާލެވުނީ: 26 އޭޕްރީލު 2022
ސުންގަޑި:ވަކިވަކި ލިސްޓިންގުގައިވާ ސުންގަޑިތަކާ އެއްގޮތަށް
ތަމްރީން ޕްރޮގްރާމްގެ ދަށުން ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް އަންނަނިވި ތިން ދާއިރާއިން ލިބިގެންދާނެއެވެ.
(1) އެކައުންޓިންގ
(2) އިންފޮމޭޝަން ޓެކްނޮލޮޖީ
(3) ޑައިވިންގ
އެެޕްލިކޭޝަން ހުޅުވާލެވުނީ: 26 އޭޕްރީލު 2022
ސުންގަޑި: ވަކިވަކި ލިސްޓިންގުގައިވާ ސުންގަޑިތަކާ އެއްގޮތަށް
މި ޕްރޮގްރާމްގެ ދަށުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން އެފަރާތެއްގެ އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ސަޕޯޓް ޕްރޮގްރާމްގެ ދަށުން މާލީ އަދި ޓްރެއިނިންގް އެހީ ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން 9 ދާއިރާއަކުން އެހީތެރިކަން ދިނުމަށްވަނީ ހަމަޖެހިފައެވެ.
Opening Soon
ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން، ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހިނގިފައިވާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ 22،900 ގިނަ ފަރުދުންނަށް އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައެވެ. މި ޕްރޮގްރާމް ކުރިއަށް ގޮސްފައިވަނީ އޭޕްރިލް 2020 އިން ޑިސެމްބަރު 2020 އަށެވެ.