ބޭނުންކުރުމުގެ އުޞޫލުތައް

ޖޮބްސެންޓަރ ޕޯޓަލް ބޭނުންކުރުމުގެ ޢާއްމު މާއްދާތަކާއި ޝަރުތުތަށް

1.ތަޢާރަފު
1.1.ޖޮބް ސެންޓަރ އަށް މަރުހަބާ!ޖޮބް ސެންޓަރއަކީ ދިވެހިންނަށް ފަސޭހަކަމާއިއެކު ވަޒީފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޒީފާދޭ ފަރާތްތަކާއި ވަޒީފާހޯދާ ފަރާތްތަކާއި ގުޅުވައިދޭ އޮންލައިން ޕްލެޓްފޯމެކެވެ.
1.2.މި މާއްދާތަކާއި ޝަރުތުތަކަކީޖޮބްސެންޓަރ ވެބްސައިޓް ބޭނުންކުރުމަށް ހެދިފައިވާ ޝަރުތުތަކެކެވެ.
1.3.މި ވެބްސައިޓް ބޭނުންކުރަންވާނީމި މާއްދާތަކާއި ޝަރުތުތަކަށް އެއްބަސްވާނަމައެވެ. މި ލިޔުމުގައިބަޔާންކުރެވިފައިވާ ޝަރުތުތަކާއި މެދު ނުވަތަ އެއިން އެއްވެސް ބަޔަކާއިމެދުދެބަސްވެވޭނަމަ، ޖޮބްސެންޓަރ ގެ ވެބްސައިޓް ބޭނުންކޮށްގެން ނުވާނެއެވެ.
1.4.މި މާއްދާތަކާއި ޝަރުތުތައްރަނގަޅަށް ކިޔައި ފަހުމުވާންވާނެއެވެ. އެހެނީ ޖޮބްސެންޓަރ ގެ ވެބްސައިޓަށްވަނުމާއި ބޭނުން ކުރުމުގައި މި މާއްދާތަކާއި ޝަރުތުތަކަށް އެއްބަސްވުންޤާނޫނީގޮތުން ލާޒިމްވާނެއެވެ.
1.5.މި ލިޔުމުގައި"މާއްދާ" "މާއްދާތައް" ނުވަތަ "ޝަރުތު""ޝަރުތުތައް" މިހެން އިޝާރާތް ކުރެވިފައި ވާނީ ޖޮބްސެންޓަރ ގެ ވެބްސައިޓަށްވަނުމާއި ބޭނުންކުރުމުގެ މާއްދާތަކާއި ޝަރުތުތަކަށެވެ. އަދި މި ކަންނަމަކީތިޔަފަރާތާއި (ބޭނުންކުރާ ފަރާތާއި) މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓާއިދެމެދު ޢަމަލުކުރުން ޤާނޫނީ ގޮތުން ލާޒިމްވާ އެއްބަސްވުމެކެވެ. މީގެ ތެރޭގައި މިމާއްދާތަކާއި ޝަރުތުތަކަށް ޖޮބްސެންޓަރގެ ފަރާތުން އިތުރު ކުރެވޭ ކަންކަންހިމެނިގެންދާނެއެވެ.
1.6.އަމިއްލަ މަޢުލޫމާތާއި ބެހޭސިޔާސަތު ނުވަތަ " ޕްރައިވަސީ ޕޮލިސީ" ކަމުގައި ބުނެވިފައި އެވަނީ،ޖޮބްސެންޓަރ ގެ ވެބްސައިޓް ބޭނުންކުރައްވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް،ޖޮބްސެންޓަރގެ ފަރާތުން ބޭނުން ކުރެވޭނީ ކޮންގޮތަކުންކަން ބަޔާންކުރުމަށެވެ.
1.7.މި މާއްދާތަކާއި ޝަރުތުތަކާއި،ކަނޑައެޅިފައިވާ އެހެން ޝަރުތުތަކެއް ނުވަތަ ތިޔަފަރާތާއި މިނިސްޓްރީ އޮފްއިކޮނޮމިކް ޑިވަލޮޕްމެންޓާއި ވެފައިވާ އެއްބަސްވުމަކާ ތަޢާރުޒުވާނަމަ އިސްކަންދޭނީއެ ޝަރުތަކަށް ނުވަތަ އެއްބަސްވުމަކަށެވެ.
2.އެލިޖިބިލިޓީ (އެކަށީގެންވުން)
2.1.ޖޮބްސެންޓަރ ގެ ވެބްސައިޓްބޭނުންކުރައްވާނަމަ ތިޔަފަރާތަކީ މި މާއްދާތަކާއި ޝަރުތުތަކަށް ޢަމަލު ކުރުމަށްޤާނޫނު ލާޒިމްކުރާ އުމުރު ހަމަވެފައިވާ ފަރާތެއްކަމަށް ބެލެވޭނެއެވެ.
2.2.ތިޔަފަރާތަކީ، އަމިއްލަ ވިޔަފާރިއެއް ނުވަތަ ޕާޓްނަރޝިޕެއްނުވަތަ ޖަމިއްޔާއެއް ނުވަތަ އެހެނިހެން މުއައްސަސާއެއްގެ ބަދަލުގައި ނުވަތައެތަނެއްގެ ފަރާތުން ޖޮބްސެންޓަރ ގެ ވެބްސައިޓަށް ވަދެ ބޭނުންކުރައްވާފަރާތެއްނަމަ، އެ މުއައްސަސާއަކުންމި މާއްދާތަކާއި ޝަރުތުތަކަށް އެއްބަސްވީ ކަމުގައި ބެލެވޭނެއެވެ. އަދިތިޔަފަރާތަކީ މިކަމަށް ޤާނޫނީގޮތުން ހުއްދައޮތް ފަރާތެއް ކަމަށް ތިޔަފަރާތުންއިޢުތިރާޒުވާ ކަމުގައި ބެލެވޭނެއެވެ.
2.3.މި ލިޔުމުގައި"ތިޔަފަރާތް" މިހެން ބޭނުންކުރެވިފައި ވާނީ ޖޮބްސެންޓަރ ގެ ވެބްސައިޓްބޭނުންކުރައްވާ ވަކިވަކި ފަރުދުން އަދި މުއައްސަސާތަށް ނުވަތަ އެހެނިހެން ޤާނޫނޫޝަޚްސަކަށެވެ.
3.ލައިސަންސް (ހުއްދަ)
3.1.މި މާއްދާތަކާއި ޝަރުތުތަކަށްއެއްބަސްވާނަމަ ތިޔަފަރާތުން ޖޮބްސެންޓަރގެ ޕޯޓަލްއަށް ވަނުމަށް ލިބިގެންދާއެކްސެސްއަކީ ހަމައެކަނި ތިފަރާތުގެ ބޭނުމަށް ލިބިގެންދާ އެކްސެސްއެކެވެ. އަދި މިއެކްސެސްއަކީ އެހެންފަރާތަކާ ބަދަލު ކުރެވޭނެ އެކްސެސްއެއްނޫނެވެ. ނަމަވެސްބޭނުންވެއްޖެ ހާލަތެއްގައި އެކްސެސް ބާތިލްކުރެވިދާނެއެވެ. މި އެކްސެސްއާއިއެކުޖޮބްސެންޓަރގެ ވެބްސައިޓަށް ވަދެ ބޭނުންކުރުމާއި އޭގައި ޑައުންލޯޑް ކުރެވޭގޮތަށްހުންނަ ތަކެތި ޑައުންލޯޑްކޮށް އަމިއްލަ ބޭނުމަށް ބޭނުން ކުރެވިދާނެއެވެ. އެހެނަސްވިޔަފާރީގެ އުސޫލުން ބޭނުންކުރެވިގެން ނުވާނެއެވެ.
3.2.ޖޮބްސެންޓަރ ގެ ވެބްސައިޓް އަދިއޭގައި ޝާއިޢު ކުރެވިފައިވާ އެންމެހާ މަޢުލޫމާތާއި ތަކެތި އަދި ޑައުންލޯޑްކުރެވެން ހުންނަ އެންމެހާ ތަކެއްޗަކީ ހަމައެކަނި މިނިސްޓްރީ އޮފް އިކޮނޮމިކްޑިވަލޮޕްމެންޓްގެ ހައްޤެކެވެ. މިގޮތުން ޖޮބްސެންޓަރގެ ޕޯޓަލް ބޭނުންކުރާނަމަ، މިމާއްދާތަކާއި ޝަރުތުތަކުން ހުއްދަނުކުރާ އެއްވެސް ގޮތަކަށް ޖޮބްސެންޓަރގެ ޕޯޓަލްއަދި އޭގައިވާ މައުލޫމާތު ބޭނުންނުކުރާނެ ކަމަށް އެއްބަސްވާންވާނެއެވެ.
3.3.ޖޮބްސެންޓަރގެ ޕޯޓަލް ބޭނުންކުރެވިފައިވާ އެންމެހާ ޓްރޭޑްމާކް އަދި ބްރޭންޑް ލޯގޯތަކަކީ ހަމައެކަނި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ހައްޤެކެވެ.
4.ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުންހުށަހަޅާފައިވާ ލިޔެކިޔުން.
4.1.މި ވެބްސައިޓްގެ ތެރެއިންވަނަވަރާއި އޭގެ އިތުރުންވެސް، އިތުރު ތައުލީމީ އަދި ކެރިއަރއާއި ގުޅުންހުރިމައުލޫމާތާއި ލިޔެކިޔުން އަޕްލޯޑް ކުރެވެން އޮތް ނަމަވެސް، ތިމާ ނުވަތަ އިތުރުފަރާތަކުން މި މައުލޫމާތުތައް، އަލުން އުފެއްދުން، އެހެނިހެން ފަރާތްތަކަށްފޯރުކޮށްދިނުން، ހުށަހެޅުން، އާންމުކުރުން، މަޢުލޫމާތު ނަކަލު ކުރުން،ބަދަލުކުރުން އަދި އޭގެ އިތުރުން މި މައުލޫމާތު މިހާރު އުފެދިފައިވާ ނުވަތަ ފަހުންއުފެދުނު މީޑިއާއެއް މެދުވެރިކޮށް އެއްވެސް ގޮތަކަށް (މީގެ ތެރޭގައި އިޝްތިހާރުކުރުންއަދި ޓެސްޓިމޯނިއަލސް ހިމެނޭނެ) ބޭނުންކޮށްގެން ނުވާނެއެވެ.
4.2.މި ވެބްސައިޓްއަށްހުށަހަޅާފައިވާ މައުލޫމާތު ސްކްރީންކޮށް މޮނީޓަރކޮށް، އިވެލުއޭޓްކުރުން އަދި އެމައުލޫމާތު ކޮންމެ ވަގުތެއްގައި، ކޮންމެ ސަބަބަކަށްޓަކައިވެސް ވެބްސައިޓްއިން ފުހެލުމުގެފުރިހަމަ އިޚްތިޔާރު ޖޮބް ސެންޓަރއަށް ލިބިގެންވެއެވެ. (ނަމަވެސް މިއީޖޮބްސެންޓަރގެ ޒިންމާއެއް ނޫނެވެ). ތިޔަ ފަރާތުން ޖޮބް ސެންޓަރ ޕޯޓަލްއަށްއެކްސެސް ވުމާއި ބޭނުންކުރުމާއި އަދި އެކްސެސްވުމާއި ބޭނުންކުރުމާއި ގުޅުންހުރިހާލަތްތަކާއި ގުޅޭ މައުލޫމާތު، ޖޮބް ސެންޓަރގެ ފަރާތުން، ކޮންމެ ފަރާތަކާއި،ކޮންމެ ސަބަބަކަށް އަދި ބޭނުމަކަށް ވެސް ހިއްސާކުރެވިދާނެއެވެ.
4.3.ތިޔަ ފަރާތުން ޖޮބްސެންޓަރޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ވަކިވަކި މައުލޫމާތުތައްވެސް، ތިރީގައިބަޔާންކުރެވިފައިވާ ޕްރައިވަސީ ޕޮލިސީގެ ދަށުން ހިމެނިދާނެއެވެ. ތިޔަ ފަރާތުންޖޮބްސެންޓަރ މެދުވެރިކޮށް ހުށަހަޅާ މައުލޫމާތަކީ ސައްހަ އަދި ފުރިހަމަމައުލޫމާތުކަމާއި އެ މައުލޫމާތުތައް އަދާހަމަކޮށް ބަލަހައްޓަމުން ގެންދެވޭތޯ ތިޔަފަރާތުން ކަށަވަރުކުރަންވާނެއެވެ.
4.4.ޖޮބް ސެންޓަރަށް މަޢުލޫމާތުފޯރުކޮށްދިނުމުގައި، ވަޒީފާއާބެހޭ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ ވަޒީފާގެބާޒާރާއި ވަޒީފާތަކާ ގުޅޭ ތަހުލީލުތައް ކުރުމަށާއި ތަފާސް ހިސާބުތައްއެކުލަވާލުމުގައި ޖޮބް ސެންޓަރަށް ފޯރުކޮށްދީފައިވާ މަޢުލޫމާތު ބޭނުންކުރެވޭނެކަމާއި މިކަމާމެދު އެއްވެސް އިޢުތިރާޒެއް ނެތްކަމަށް މަޢުލޫމާތު ފޯރުކޮށްދޭފަރާތްތަކުން އެއްބަސްވެއެވެ.
4.5.އަދި މަޢުލޫމާތުގެރައްކާތެރިކަމާއި ސިއްރު ހިފެހެއްޓުމަށްޓަކައި، ޖޮބް ސެންޓަރަށް ފޯރުކޮށްދީފައިވާއެއްވެސް މަޢުލޫމާތެއް ސަރުކާރުގެ ވުޒާރާއަކަށް ނުވަތަ ހުއްދަދެވިފައިވާ އެހެން މުއައްސަސާއަކަށްހިއްސާކުރެވޭނީ ވަކިވަކި ފަރުދުންގެ މަޢުލޫމާތު ނުހިމެނޭ ގޮތަށެވެ.
5.ރޫލްސް އޮފް ކޮންޑަކްޓް
5.1.ޖޮބްސެންޓަރގެ ޕޯޓަލް އާއި ގުޅިގެންތިރީގައިމިވާ ކަންކަން ނުކުރުމަށް އެއްބަސްވަމެވެ:ހ. ޖޮބްސެންޓަރގެޕޯޓަލް ވިޔަފާރީގެ ގޮތުގައި ބޭނުންކުރުން އަދި މަކަރާއި ހީލަތްތެރިކަމުންމަންފާއެއް ހޯދުމަށް ނުވަތަ އެނޫންވެސް ޤާނޫނު ހުއްދަ ނުކުރާ އެއްވެސް ކަމަކަށްބޭނުންކުރުން.ށ. ޖޮބްސެންޓަރގެޕޯޓަލް ހިންގުމުގެ އެއްވެސް ހަރަކާތަކަށް ނުވަތަ ހިންގުމަށް ބޭނުންކުރާ ސާވަރ އަދިނެޓްވޯކަށް ހުރަސްއެޅޭފަދަ ކަންކަން ކުރުން. މިގޮތުން ވެބްސައިޓަށް ބަދަލުގެނައުމާއި ވެބްސައިޓް ހެކް ކުރުމާއި، މި ސާވަރ އަދި ނެޓްވޯކްގެ އެއްވެސްއުސޫލަކާއި ނުވަތަ ގަވާއިދަކާއި ޚިލާފުވުން.ނ. އެހެންފަރާތަކުން ޖޮބްސެންޓަރގެ ޕޯޓަލް ބޭނުން ކުރުމަށް ހުރަސްއެޅުން.ރ. މިނިސްޓްރީ އޮފްއިކޮނޮމިކް ޑިވެލޮޕްމެންޓްގެ ހުއްދައާއި ނުލާ ޖޮބްސެންޓަރގެ ޕޯޓަލް ނަކަލުކުރުމާއި، ބަދަލުގެނައުމާއި، ތަރުޖަމާކުރުމާއި، ވިއްކުމާއި ކުއްޔަށް ދިނުމާއި،އަދި މިނޫންވެސް ގޮތަކަށް މި މަޢުލޫމާތު ބޭނުންކުރުން.ބ. ޖޮބްސެންޓަރގެޕޯޓަލް ކޮޕީރައިޓް ނުވަތަ ޓްރޭޑްމާކް ނުވަތަ ޕްރޮޕަރިއޭޓަރީ ހައްޤެއް އުނިކުރުންނުވަތަ ބާތިލް ކުރުން.
6.ޑިސްކްލެއިމަރ
6.1.ޖޮބް ސެންޓަރގެ ޕޯޓަލްގައިޝާއިޢުކުރާ އެއްވެސް ވަޒީފާއެއްގެ ފުރުސަތުގައި ވަޒީފާދޭ ފަރާތުން ހުށަހަޅާފައިވާމަޢުލޫމާތުގެ ޞައްޙަކަމާމެދު ޔަޤީންކަމެއް އަދި މި ޕޯޓަލް މެދުވެރިކޮށް އެއްވެސްވަޒީފާއެއް ލިބޭނެކަމުގެ ޔަޤީންކަމެއް ޖޮބް ސެންޓަރުން ނުދެމެވެ.
6.2.ވަޒީފާ ދޭ ފަރާތްތަކުގެ ތެރެއިންވަކި ފަރާތެއްގެ ވަޒީފާތައް ރަނގަޅުކަމަށް ބަޔާންކުރުމާއި ވަކި ވަޒީފާތަކެއްއިޚްތިޔާރުކުރުމަށް ލަފާދިނުމާއި އަދި މިނޫނަސް މިފަދައިން މާނަ ދޭވަހާފަދައެއްވެސް ޙަރަކާތެއް ޖޮބް ސެންޓަރުން ނުހިންގާނެވެ. އަދި ޕޯޓަލް ގައި ޝާއިޢުކުރެވޭވަޒީފާގެ ފުރުސަތުތަކަކީ ޖޮބް ސެންޓަރގެ އެއްވެސް ލަފައެއް ނުވަތަ 'އެންޑޯސްމަންޓް'އެއްގެ ދަށުން ޝާއިޢުކުރާ ފުރުސަތުތަކެއް ނޫނެވެ.
6.3.ޖޮބް ސެންޓަރގެ ޕޯޓަލްގައި ޝާއިޢުކުރާއެއްވެސް ވަޒީފާގެ ފުރުސަތެއް ނުވަތަ ވަޒީފާއަށް މީހުން ހޯދުމާއި، މީހުން ނެގުމާއި،ވަޒީފާގައި ފޯރުކޮށްދެވޭ ރައްކާތެރިކަމާއި، މުސާރަ ދިނުމާއި، ވަޒީފާއަދާކުރަންޖެހޭ މާހައުލާއި ޙާލަތާއި އަދި މިނޫނަސް ވަޒީފާއާ ގުޅޭ އެއްވެސް ކަމަކީޖޮބްސެންޓަރގެ މަސްޢޫލިއްޔަތެއްނޫނެވެ.
6.4.މި ވެބްސައިޓް ބޭނުންކުރުމަކުން ޖޮބްސެންޓަރއަކީ ތިޔަފަރާތަށް ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާ ހޯދައިދޭއޭޖެންޓަކަށް ވެގެންނުދާނެއެވެ. ވަޒީފާދޭ ފަރާތްތަކާއި އެފަރާތްތަކުން ފޯރުކޮށްދޭމަޢުލޫމާތާއި ތަކެތި އިވެލުއޭޓް ކުރުމާއި ވަޒީފާއާއި ބެހޭގޮތުން ގޮތް ނިންމުމަކީޖޮބްސެންޓަރގެ ޕޯޓަލް ބޭނުންކުރާ ފަރާތުގެ ޒިންމާއެކެވެ.
7.އެކްސެސް ކަނޑާލުން7.
1.މި މާއްދާތަކާއި ޝަރުތުތަކާއި ޚިލާފުވެއްޖެކަމަށްޖޮބްސެންޓަރއަށް ފެނިއްޖެ ހާލަތެއްގައި އިތުރު އެންގުމަކާއި ނުލައި، ތިޔަފަރާތަށް ދެވިފައިވާ އެކްސެސް ބާތިލް ކުރުމުގެޙައްޤު ޖޮބްސެންޓަރަށް ލިބިގެންވެއެވެ. މިގޮތުން އެކްސެސް ބާތިލް ކުރެވިއްޖެނަމަޖޮބްސެންޓަރގެ ޕޯޓަލްއަށް ވަނުމާއި ބޭނުންކުރުން ވަގުތުން ކެނޑިގެންދާނެއެވެ.
8.ކޮޕީރައިޓް ޤަވާއިދާއި ޚިލާފަށްމައުލޫމާތު ބެނުން ކުރުން
8.1. ތިޔަފަރާތުންޖޮބްސެންޓަރގެ ޕޯޓަލްގައި ފޯރުކޮށްދޭ މައުލޫމާތާއި ޝާއިޢުކުރާ ތަކެއްޗަކީތިޔަފަރާތުގެ ހައްޤެކެވެ.8.2.ނަމަވެސް ކޮޕީރައިޓަކާ ޚިލާފުވެއްޖެކަން ސާބިތުވެއްޖެނަމަ، ކޮޕީރައިޓާ ޚިލާފަށްފޯރުކޮށްދޭ މައުލޫމާތާއި ޝާޢިއުކުރާ ތަކެތި ނެގުމަށް ޖޮބްސެންޓަރަށް ލިބޭނޯޓިސްއަށް ޢަމަލުކޮށް އެފަދަ ތަކެތި ޖޮބްސެންޓަރގެ ޕޯޓަލްއިން ނެގިގެންދާނެއެވެ.
9.ވަޒީފާހޯދާ ފަރާތްރަޖިސްޓަރވުން
9.1. މި ލިޔުމުގެ 9 ވަނަ މާއްދާއެޕްލައިވާނީ ތިޔަފަރާތަކީ ވަޒީފާ ހޯދާ ފަރާތެއްނަމައެވެ.
9.2. ޖޮބްސެންޓަރގައިއަމިއްލަ އެކައުންޓެއް އޮތުމަށް ތިޔަފަރާތަކީ ޤާނޫނީ ގޮތުން ތަސައްރަފު ފުދިފައިވާފަރާތަކަށް ވާންވާނެއެވެ.
9.3.ޖޮބްސެންޓަރގެ ވެބްސައިޓަށްވަނުމަށް އީފާސް އެކައުންޓެށް ބޭނުންވާނެއެވެ.
10.ވަޒީފާހޯދާ ފަރާތްތަކަށް ލިބޭޚިދުމަތްތައް
10.1.ޖޮބްސެންޓަރގެ ވެބްސައިޓުގައިވަޒީފާ ހޯދާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރވާ ފަރާތްތަކަށް ލިބިގެންދާނެ އިތުރުޚިދުމަތްތަކަކީ ހަމައެކަނި ޖޮބްސެންޓަރުން ދޭން ކަނޑައަޅާ ޚިދުމަތްތަކެކެވެ. މީގެތެރޭގައި:ހ. ޖޮބްސެންޓަރގެ ވެބްސައިޓަށް ހުށަހަޅާ އަމިއްލަމަޢުލޫމާތު ހިމަނައިގެން އަމިއްލަ ވަނަވަރު ތއްޔާރު ކުރުން.ށ. ޖޮބްސެންޓަރގެ ވެބްސައިޓުގެ ޑާޓާބޭސްގައި ޝާޢިޢުކުރެވިފައިވާ ވަޒީފާތަކާއި ކޯސްތައް ހޯދާ ބެލުން.ނ. ޖޮބްސެންޓަރ މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށްނޮޓިފިކޭޝަން ލިބިގެންދިޔުން.ރ. ޖޮބް މެޗިންގ މެދުވެރިކޮށް ތިޔަފާރާތާއި އެންމެއެކަށޭނަ ވަޒީފާތަކާއި ވަޒީފާތަކާއި ވަޒީފާދޭ ފަރާތްތަށް ދެނެގަނެވުން.ބ. އަދި މިނުންވެސް، ޖޮބްސެންޓަރގެ ވެބްސައިޓުގައި ބަޔާންކުރެވޭ އެހެނިހެން ޚިދުމަތްތައް.
11.ވަޒީފާދޭ ފަރާތް ރަޖިސްޓަރީވުން
11.1.މި ލިޔުމުގެ 11 ވަނަ މާއްދާއެޕްލައިވާނީ ތިޔަފަރާތަކީ ވިޔަފާރިއެއް / އަމިއްލަ ޖަމުޢިއްޔާއެއް ނުވަތަތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއްނަމައެވެ.
11.2.ޖޮބްސެންޓަރގެ ވެބްސައިޓުގައިރަޖިސްޓާރ ވުމަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަ ކުރައްވައިގެން ޖޮބްސެންޓަރުގައިރަޖިސްޓަރ ވެވިދާނެއެވެ.
11.3.ތިޔަފަރާތް ވިޔަފާރިއެއްގެފަރާތުން ރަޖިސްޓްރީވާނަމަ، އަދި ތިޔަ ފަރާތަކީ މެނޭޖިން ޑައިރެކްޓަރު ފިޔަވައިއެހެން ފަރާތެއްނަމަ ރަޖިސްޓަރ ވުމަށް "ބޯޑް ރިސޮލިއުޝަން"ބޭނުންވާނެއެވެ.
11.4.ތިޔަފަރާތަކީ ސޯލްޕްރޮޕްރިއޭޓަރެއްނަމަ ރަޖިސްޓްރޭޝަން ފުރިހަމަ ކުރަންވާނީ ވިޔަފާރީގެ ވެރިފަރާތުންނެވެ.
11.5.ތިޔަފަރާތަކީ ތަޢުލީމުފޯރުކޮށްދޭ މަރުކަޒެއްގެ ފަރާތުން ރަޖިސްޓަރީވާ ފަރާތެއްނަމަ ރަޖިސްޓަރ ވުމަށް، އެމުޢައްސަސާއާއި ހަވާލުވެގެން ހުންނެވި ފަރާތެއްގެ ލިޔުމެއް ބޭނުންވާނެއެވެ. މި ލިޔުމުގައިތިޔަފަރާތަކީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއްގެ ފަރާތުނެ ރަޖިސްޓަރވާފަރާތެއްކަމާއި ތިޔަފަރާތުގެ ނަމާއި، މަޤާމު، އައިޑީކާޑު ނަންބަރު، ގުޅޭނެ ފޯނު ނަންބަރުއަދި އީމެއިލް އެޑްރެސް އޮންނަންވާނެއެވެ.
12.ވަޒީފާދޭ ފަރާތްތަކަށް ލިބޭޚިދުމަތްތައް
12.1.ޖޮބްސެންޓަރގެ ވެބްސައިޓުގައިވަޒީފާ ހޯދާ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރވާ ވިޔަފާރިއެއް / އަމިއްލަޖަމުޢިއްޔާއެއް ނުވަތަ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ލިބިގެންދާނެ އިތުރުޚިދުމަތްތަކުގެ ތެރޭގައި:ހ. ޖޮބްސެންޓަރގެ ވެބްސައިޓުގައި އިޝްތިހާރުޝާޢިއުކުރުމުގެ ޚިދުމަތް.ށ. ޖޮބްސެންޓަރގެ ވެބްސައިޓުގެ ވަޒީފާހޯދާ ފަރާތުގެޑާޓާބޭސްގައިވާ މަޢުލޫމާތުތައް.ނ. އަދި މިނޫންވެސް، ޖޮބްސެންޓަރގެ ވެބްސައިޓުގައި ބަޔާންކުރެވޭ އެހެނިހެން ޚިދުމަތްތައް.
12.2.ތިޔަފަރާތުން އިޝްތިހާރުކުރުމަށް އެޕްރޫވް ކުރުމަށް ފޮނުވާ ތަކެތީގައި ހުންނަންވާނީ ތިޔަފަރާތުންދޭމަޢުލޫމާތެވެ.
12.3.ޖޮބްސެންޓަރަކީ ހަމައެކަނިވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅުވައިދޭ ވަސީލަތެއްކަން އަދިޖޮބްސެންޓަރުން ވަޒީފާ ހޯދާފަރާތްތައް މޮނިޓަރ ނުކުރާނެކަން ގަބޫލުކުރަންވާނެއެވެ. އެހެންކަމުން ވަޒީފާ ހޯދާ ފަރާތްތަކުގެ ސަބަބުން ލިބޭގެއްލުމަކަށް ނުވަތަ ހިނގާ ޚަރަދަކަށް ޖޮބްސެންޓަރގެ ފަރާތުން ޒިންމާ ނުވާނެކަމާއިޒިންމާވާން ނުޖެހޭނެކަން ޤަބޫލު ކުރަންވާނެއެވެ.
12.4.ޖޮބްސެންޓަރގެ ވެބްސައިޓުގައިވަޒީފާދޭ ފަރާތްތަކުން ޝާޢިޢުކުރާ ވަޒީފާތަކަކީ، ސައްޚަ، މިހާރު ހުރި، ވަޒީފާގެމަޢުލޯމާތު ފުރިހަމައަށް ފޯރުކޮއްދެވިފައިވާ، އަދި އޮޅުވާލުމެއް އެކުލެވިގެންނުވާއަދި ވަޒީފާ އާއި ބެހޭ ޤާނޫނުގައިވާ ގޮތަށް ޝާޢިޢު ކުރެވިފައިވާ ވަޒީފާތޯ ކަށަވަރުކުރަންވާނެއެވެ.
12.5.ޖޮބްސެންޓަރގެ ވެބްސައިޓުގައިވާވަޒީފާ ހޯދާ ފަރާތްތަކުގެ މަޢުލޫމާތުގެ ސިއްރު ހިފަހައްޓަން ވާނެއެވެ. އަދި މިމަޢުލޫމާތު ބޭނުން ކުރަންވަނީ ހަމައެކަނި ވަޒީފާތަކައް މީހުން ހޯދުމުގެބޭނުމުގައެވެ. ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގައި މެނުވީ، މިވެބްސައިޓުގައިވާ ޑޭޓާ އެހެން ފަރާތަކަށް ފޯރުކޮށްދިނުމާއި، ނަކަލު ކުރުމާއިރިކޯޑު ކުރުމާއި ކަންކަން ކޮއްގެން ނުވާނެއެވެ.
12.6.ތިޔަފަރާތުން ޝާޢިޢުކުރާވަޒީފާތަކަށް ކުރިމަތިލާނެ ފަރާތްތައް ވާނެކަމާއި އެ ވަޒީފާ ތަކަށް ޤާބިލްފަރާތްތަކުގެ މަޢުލޫމާތު ޖޮބްސެންޓަރގެ ވެބްސައިޓުގައި ވާނެ ކަމުގެ ޔަޤީންކަމެއްޖޮބްސެންޓަރަކުން ނުދެމެވެ.
13.ސިއްރު ހިފެހެއްޓުން
13.1.ޖޮބްސެންޓަރގެ ޕޯޓަލްގައިތިޔަފަރާތުން ޖަހާ ޕާސްވޯޑް ރައްކާތެރިކޮށް ގެންގުޅުމަކީ ތިޔަފަރާތުގެޒިންމާއެކެވެ.
13.2.ތިޔަފަރާތަކީ ވިޔަފާރިއެއް /އަމިއްލަ ޖަމުއްޔާއެއް ނުވަތަ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއްގެ ފަރާތުނެރަޖިސްޓަރވާ ފަރާތެއްނަމަ، އެ މުޢައްސަސާ އެއްގެ ފަރާތްތައް ފިޔަވާ އިތުރުފަރާތަކަށް ޕޯޓަލްގެ ލޮގިން މަޢުލޫމާތު ފޯރުކޮށް ނުދިނުމަކީ ތިޔަފަރާތުގެޒިންމާއެކެވެ.
13.3.މި ވެބްސައިޓުގައިވާމަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަކީ ރަޖިސްޓަރ ވެފައިވާ ވިޔަފާރިއެއް /އަމިއްލަ ޖަމުޢިއްޔާތައް ނުވަތަ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ކުރަންޖެހޭނެކަމެކެވެ. އެހެނިހެން ފަރަތްތަކަށް މި މަޢުލޫމާތު ފޯރުކޮށްދީގެން ނުވާނެއެވެ. އެހެނަސްމި ވެބްސައިޓު ބޭނުން ކުރުމަށް ތިޔަފަރާތުން ކަނޑައަޅާފައިވާ ފަރާތްތަކަށް، މިފަދަސިއްރު މަޢުލޫމާތު ފޯރުކޮށްދެވިދާނެއެވެ.
13.4.މި ވެބްސައިޓުގައި ރަޖިސްޓަރވެފައިވާ ވިޔަފާރިއެއް / އަމިއްލަ ޖަމުޢިއްޔާތައް ނުވަތަ ތަޢުލީމު ފޯރުކޮށްދޭމަރުކަޒުތަކުގެ ފަރާތުން މި ވެބްސައިޓު ބޭނުން ކުރުމަށް އެކްސެސް ދެވިފައިވާފަރާތްތަށް އެ މުޢައްސަސާއެއްގައި މިހާރު މަސައްކަތް ނުކުރާނަމަ އެ ފަރާތްތަކުގެ އެކްސެސްވަކިކުރުމަކީ ނުވަތަ ކަނޑާލުމަކީ އެ މުޢައްސަސާއެއްގެ ޒިންމާއެކެވެ.
14.އަޅުގަނޑުމެންނާ ގުޅުއްވުން
14.1.މި މާއްދާތަކާއި ޝަރުތުތަކާއިބެހޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ނުވަތަ މަޢުލޫމާތެއް ސާފުކުރަންބޭނުންނަމަ ތިރީގައިވާ އީމެއިލް އެޑްރެސްއަށް މެއިލްއެއް ކޮއްލަށްވާށެވެ. އީމެއިލްއެޑްރެސް:
[email protected].އީމެއިލްގެ ޒަރިއްޔާއިންމުޢާމަލާތު ކުރުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގައި ނުދެކޭށެވެ. އެހެންކަމުންކްރެޑިޓް ކާޑު މަޢުލޫމާތު ފަދަ މުހިއްމު މަޢުލޫމާތު އީމެއިލްގައި ނުހިމަނާށެވެ.