މި ކުންފުނީގެ ނަންބަރ AS/IUL/2022/013 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
އިޢުލާން ނަންބަރު: ASND-HR-IUL-2022-015
މަޤާމް: ސީނިއަރ އޮޑިޓް އޮފިސަރ
ބޭނުންވާ އަދަދު: 1
މަޤާމުގެ ޝަރުތު:
- އޮޑިޓިންގ،ފައިނޭންސް އެންޑް އެކައުންޓްސް، ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އޭ.ސީ.ސީ.އޭ އެޕްލައިޑް ސްކިލްސް ލެވެލް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ އިންޓަރނަލް އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް އިންޓަރނަލް އޮޑިޓާރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން
- ސީނިއަރ އޮޑިޓަރގެ ދަށުން މަސައްކަތް ކުރާ މުވައްޒަފު/ންގެ މަސައްކަތް ސުޕަވައިޒް ކުރުން
- އިންޓަރނަލް އޮޑިޓްގެ ކުއަރޓަރލީ ރިޕޯރޓް ތައް އެކުލަވައިލައި އިސްލާޙްކުރުމަަށް ހުށަހެޅޭ ކަންތައްތައް ކުންފުނީގެ މެނޭޖްމަންޓަށާއި އޮޑިޓް ކޮމިޓީއަށް ހުށަހަޅައި ކަނޑައަޅާފައިވާ ތާރީޚުތަކަށް އޯޑިޓްތައް ނިންމުމުގައި އިސްކޮށް ހަރަކާތްތެރިވުން
- ރިސްކް މެނޭޖް ކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- އިންޓަރނަލް އޮޑިޓްގެ އެސައިންމަންޓް ޕްލޭންތައް، އިންޓަރނަލް އޮޑިޓަރުގެ އެހީތެރިކަމާއިއެކު ތައްޔާރު ކުރުން
- އޮޑިޓް ކުރުމަގައި ބޭނުންކުރާ އިޖްރާއަތްތައް ޑްރާފްޓްކުރުން
- ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން
- އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗައް ބިނާކޮށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/7100 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 22 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.