މީރީ ޕްރޮޖެކްޓް

ގްރާންޓް ޕްރޮގްރާމް ފޯ މައިކްރޯ ބިޒްނަސަސް

ތަޢާރަފް

މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު "މީރީ" އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވައި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ފަސް އަހަރު ދުވަހުގެ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމާއި، ހުނަރު ކުރިއެރުވުމަށް މަސައްކަތްކުރުމާއި އަދި ވިޔަފާރި ކުރުމަށް ފަހި މާހައުލެއް ގާއިމްކުރުމަށް ވަސީލަތްތައް ފޯރުކޮށްދިނުމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ދިވެހި ވިޔަފާރިވެރީން އިޤްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން "ގްރާންޓްސް ފޮރ ވިމެން ލެޑް ބިޒްނަސަސް" އަދި "ގްރާންޓްސް ފޯ ޓެއިލަރިންގ ބިޒްނަސަސް"ގެ ނަމުގައި ދެ ގްރާންޓްސް ޕްރޮގްރާމްތަކަށް އެދި ހުށައެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.

ގްރާންޓްސް ފޯ ވިމެން ލެޑް ބިޒްނަސެސް

ގްރާންޓްސް ޕްރޮގްރާމް ފޮރ ވިމެން ލެޑް ބިޒްނަސެސްގެ މަޤްޞަދަކީ ހިނގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ އަލަށް ފަށައިގަންނަ ވިޔަފާރިތައް ފަށަން ބޭނުންވާ ބޭފުޅުންގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް މާލީ އެހީ އަދި ތަމްރީން ފޯރުކޮށްދިނުމެވެ.

ގްރާންޓްސް ފޯ ޓެއިލަރިންގ ބިޒްނަސެސް

ގްރާންޓްސް ޕްރޮގްރާމް ފޮރ ޓެއިލަރިންގ ބިޒްނަސްގެ މަޤްޞަދަކީ ފެހުމުގެ ސިނާއަތުގައި ހިނގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ އަލަށް ފަށައިގަންނަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް މާލީ އެހީ އަދި ތަމްރީން ފޯރުކޮށްދިނުމެވެ.

Applications Deadline 30th June 2023