ވަޒީފާތައް

މުސާރަ
8,500 ރުފިޔާ - 9,000 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,500 ރުފިޔާ - 9,000 ރުފިޔާ
ވަޒީފާގެ ތަފްޞީލު

ޖަވިޔަނީ ޕްރައިވެޓް ލިމިޓެޑްގެ ނިއުސްރޫމް ޓީމާ ގުޅުމަށް، އުފެއްދުންތެރި އަދި މަސައްކަތަށް ކަމޭހިތާ ވީޑިއޯ ޖާނަލިސްޓެއް ބޭނުންވެއެވެ.

މަސްއޫލިއްޔަތުތައް:

  • ވެބްސައިޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކަށް ޚަބަރު ތައްޔާރުކޮށް ރިޕޯޓްކުރުން.

  • ކެމެރާ ކުރިމަތީގައި (on-cam) ޚަބަރުތައް ހުށަހަޅައިދިނުން.

  • އެކި އެކި އިވެންޓްތަކާއި، އިންޓަވިއުތައް އަދި ބްރޭކިންގ ނިއުސް ކަވަރުކުރުން.

  • ސޯޝަލް މީޑިއާ އަދި އޮންލައިން ޕްލެޓްފޯމްތަކަށް މަލްޓިމީޑިއާ ކޮންޓެންޓް އުފެއްދުން.

  • ޚަބަރުތައް ތައްޔާރުކުރުމުގައި އެޑިޓޯރިއަލް ޓީމާއެކު ގާތުން މަސައްކަތްކުރުން.

ޝަރުތުތައް:

  • މުާމަލާތްކުރުމާއި ޚަބަރު ރިޕޯޓްކުރުމުގެ ހުނަރު ރަނގަޅަށް ހުރުން.

  • ކެމެރާ ކުރިމަތީގައި ޖެހިލުންވުމެއްނެތި ވާހަކަދައްކަން އެނގުން.

  • ދުނިޔޭގެ އަދި ޤައުމީ ކަންތައްތަކަށާއި ނޫސްވެރިކަމުގެ ދާއިރާއަށް އަހުލުވެރިވެފައިވުން.

  • ހަލުވިކަމާއެކު މަސައްކަތްކުރާ ނިއުސްރޫމް މާޙައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޯލެވެލް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • އަދާހަމަކޮށްފައިވާ ސީވީ / ރެޒުމޭ.
  • ފަހުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ލިބިފައިވާނަމަ).
  • ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް ނުވަތަ ޕޯޓްފޯލިއޯ (ލިބިފައިވާނަމަ).
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ރެފްރީންގެ ގޮތުގައި ދެ ފަރާތެއްގެ މައުލޫމާތު (ހިމަނަން ބޭނުންވާނަމަ).

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ވެބް ހޯސްޓް ކުރުމާއި ޑޭޓާ ޕްރޮސެސް ކުރުމުގެ ޚިދުމަތް
މަޤާމްތައް
  • ޖާރނަލިސްޓް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Social Sciences, Journalism and Information

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
15 ޖުލައި 2026
މުއްދަތު ހަމަވާ ތާރީޚް
20 ޖުލައި 2026
އެޕްލިކޭޝަން ހުށަހެޅުމަށް