ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.
| 
 މަޤާމް:  | 
 ޕްރޮޑިއުސަރ  | 
| 
 ސެކްޝަން/ޑިވިޜަން:  | 
 ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން  | 
| 
 ބޭނުންވާ ޢަދަދު:  | 
 01 (އެކެއް)  | 
| 
 ވަޒީފާގެ ބާވަތް:  | 
 ކޮންޓްރެކްޓް (1 އަހަރު)  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މައި އޮފީސް  | 
| 
 މަޤާމުގެ ޝަރުތުތައް:  | 
 ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި 02 އަހަރު ދުވަހުގެ ދާއިރާއާއި ގުޅުންހުރި މަސައްކަތު ތަޖުރިބާ ނުވަތަ ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން އަދި 05 އަހަރު ދުވަހުގެ ދާއިރާއާއި ގުޅުންހުރި މަސައްކަތު ތަޖުރިބާ  | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:  | 
 ބީސީސީއިން އުފައްދާ ޕްރޮގްރާމްތަކާއި ޑޮކިއުމެންޓްރީ އާއި އެނޫންވެސް ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓު ތައްޔާރުކުރުމާއި ވީޑިއޯ އެޑިޓިން ފަދަ ޓެކްނިކަލް މަސައްކަތް ޤަވާއިދުތަކާއި އެޑިޓޯރިއަލް ޕޮލިސީއާއި އެއްގޮތަށް ކުރުމެވެ.  | 
| 
 މުސާރަ:  | 
 15،500.00 ރުފިޔާ  | 
Gazette Announcement: https://gazette.gov.mv/iulaan/226021