ވަޒީފާތައް

މުސާރަ
5,020 ރުފިޔާ+
ވަޒީފާގެ ބާވަތް
ކޮންޓްރެކްޓް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
ޅ. ނައިފަރު

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
5,020 ރުފިޔާ+
ސަރވިސް އެލަވަންސް: 1،500.00 ރުފިޔާ
ސަޕޯރޓިންގ އެލަވަންސް: 700.00 ރުފިޔާ
ވަޒީފާގެ ތަފްޞީލު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމުތަކަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ.

މަޤާމް : ޖޮބް ސެންޓަރ އޮފިސަރ، ޅ. ނައިފަރު

ބޭނުންވާ ޢަދަދު: 01 (އެކެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

ވަޒީފާ ނިމޭ ތާރީޙް: 31 ޑިސެމްބަރ 2021

ވަޒީފާ އަދާކުރަންޖެހޭ ތަން: ޅ. ނައިފަރު ބިޒްނަސް ސެންޓަރ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވަޒީފާ ދޭފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގުމުގައި އިސްނަގައިގެން މަސައްކަތްތައް ކުރުން.
  2. ޖޮބް ސެންޓަރ ގެ ވެބްސައިޓް ބެލެހެއްޓުން އަދި ލިބޭ އެޕްލިކޭޝަން ޑޭޓާބޭސް ބެލެހެއްޓުން އަދި އެޕްލިކޭޝަންއާ ގުޅިގެން ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުން
  3. މަސައްކަތް ކުރާ އުމުރުފުރައިގެ ދިވެހިންގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން މަސައްކަތަށް އަޙުލުވެރިކުރުވުމަށްޓަކައި ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މަސައްކަތްތައް ކުރުން.
  4. މަސައްކަތް ކުރާ އުމުރުފުރައިގެ ދިވެހިންނަށް މަސައްކަތުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން
  5. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ހަވާލު ކުރާ އެހެނިހެން މަސައްކަތް

މަޤާމުގެ ޝަރުތުތައް:

1.     'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު،

2.     އޭގެ އިތުރުން 'ސާނަވީ' އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު

3.     މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު،

2. އޭގެ އިތުރުން 'މަތީ ސާނަވީ' އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ޕްރިފަރޑް ޑިސިޕްލިން:

އިންފޮމޭޝަން ޓެކްނޮލޮޖީ އާ ގުޅޭ ތަޢުލީމީ ސެޓްފިކެޓެއް ނުވަތަ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • • ޕޮލިސް ސެޓްފިކެޓް
  • • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ކޮންޓްރެކްޓް
ޝާޢިއުކުރި ތާރީޚް
4 ނޮވެމްބަރު 2021
މުއްދަތު ހަމަވާ ތާރީޚް
14 ނޮވެމްބަރު 2021