ވަޒީފާތައް

މުސާރަ
10,000 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
10,000 ރުފިޔާ+
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓް ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

·        ކޮންޓްރޯލް ރޫމް / ސްޓޫޑިއޯގެ ހުރިހާ އިކްވިޕްމަންޓްތައް ޗެކްކޮށް އެއްވެސް އިކްވިޕްމަންޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ އެކަމުގެ ފުރިހަމަ މަޢުލޫމާތު އިންޖިނިއަރިންގ އަށް އަންގާ އެކަން ރަނގަޅު ކުރުވުން؛

·        ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި އިޝްތިހާރުތައް ހަމަތޯބަލާ އަދި ޕްރޮގްރާމެއް މަދުނަމަ ވީހާއެންމެ އަވަހަކަށް ޕްރޮގްރާމް ޑިޕާރޓްމަންޓަށް އެންގުން؛

·        މާރކެޓިންގް ޑިޕާރޓްމަނޓުން ލިޔަންޖެހޭ ލިޔުންތައް ފިޔަވާ ދުވަހު ޝެޑިއުލްއާ ގުޅުންހުރި އެހެން ހުރިހާ ލިޔުމެއް ލިޔެ ޕްރޮގްރާމް ޑިޕާޓްމަންޓް ނުވަތަ ނިއުސް ޑިޕާޓްމަންޓްގެ ހުއްދަ އާއި އެކު އޮންއެއަރ ކުރުން؛

·        އޮންއެއަރގެ އެދުވަހެއްގެ ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި، ލައިވްތަކާއި އިޝްތިހާރުތައް ބެލުންތެރިންގެ ޝައުޤު ނުގެއްލޭނެހެން އެއަރ ކުރުން؛

·        ޕްރޮގްރާމްތައް އޮންއެއަރ ކުރަމުންދާގޮތް، ތަރުތީބުން އޮންއެއަރ ލޮގް ސިސްޓަމަށް އެންޓަރ ކުރުން، އަދި ލޮގް ލިޔުމަށް ޙާއްސަ ކުރެވިފައވާ ފޮތުގައި ލިޔަމުން ގެންދިޔުން؛

·        ޕްރޮގްރާމްތަކާއި، ލައިވްތަކާއި، ޙަބަރުތައް، އޮންއެއަރ ކުރަމުން ދާއިރު ފަރުވާތެރި ކަމާއިއެކު މޮނިޓަރ ކުރުން އަދި ދުވަހުގެ އޮންއެއަރ ކުރަންޖެހޭ ކަންތަކާއި، ޝެޑިއުލްއަށް އަންނަ ބަދަލްތަކަށް ފަރުވާތެރިވުން؛

·        އޮންއެއަރގެ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ލަސްނުކޮށް ޔުނިޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކަށް އަންގާ ހައްލުކުރުން؛

·        އޮންއެއަރ ޓްރާންސްމިޝަން ފެށުމާއި، ނިމުމުން ޕެޗް ކުރަންޖެހޭ އެއްޗެއް ޕެޗް ކުރުމަށް ފަހު އޮންއެއަރގައި އެވަގުތު ބޭނުންޖެހޭ ހުރިހާ އިކުއިޕްމެންޓެއް ނިއްވުން (މައިކް / ލައިޓް / ޓޯކްބެކް)؛

·         މިކަންކަމުގެ އިތުރުން ވަޒީފާއާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އޮފީހުން އަންގާ ގޮތެއްގެމަތިން ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ސާނަވީ ތަޢުލީމު
ޢުމުރު
18 އަހަރު+

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
15 ސެޕްޓެމްބަރު 2025
މުއްދަތު ހަމަވާ ތާރީޚް
20 ސެޕްޓެމްބަރު 2025