· ކޮންޓްރޯލް ރޫމް / ސްޓޫޑިއޯގެ ހުރިހާ އިކްވިޕްމަންޓްތައް ޗެކްކޮށް އެއްވެސް އިކްވިޕްމަންޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ އެކަމުގެ ފުރިހަމަ މަޢުލޫމާތު އިންޖިނިއަރިންގ އަށް އަންގާ އެކަން ރަނގަޅު ކުރުވުން؛ · ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި އިޝްތިހާރުތައް ހަމަތޯބަލާ އަދި ޕްރޮގްރާމެއް މަދުނަމަ ވީހާއެންމެ އަވަހަކަށް ޕްރޮގްރާމް ޑިޕާރޓްމަންޓަށް އެންގުން؛ · މާރކެޓިންގް ޑިޕާރޓްމަނޓުން ލިޔަންޖެހޭ ލިޔުންތައް ފިޔަވާ ދުވަހު ޝެޑިއުލްއާ ގުޅުންހުރި އެހެން ހުރިހާ ލިޔުމެއް ލިޔެ ޕްރޮގްރާމް ޑިޕާޓްމަންޓް ނުވަތަ ނިއުސް ޑިޕާޓްމަންޓްގެ ހުއްދަ އާއި އެކު އޮންއެއަރ ކުރުން؛ · އޮންއެއަރގެ އެދުވަހެއްގެ ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި، ލައިވްތަކާއި އިޝްތިހާރުތައް ބެލުންތެރިންގެ ޝައުޤު ނުގެއްލޭނެހެން އެއަރ ކުރުން؛ · ޕްރޮގްރާމްތައް އޮންއެއަރ ކުރަމުންދާގޮތް، ތަރުތީބުން އޮންއެއަރ ލޮގް ސިސްޓަމަށް އެންޓަރ ކުރުން، އަދި ލޮގް ލިޔުމަށް ޙާއްސަ ކުރެވިފައވާ ފޮތުގައި ލިޔަމުން ގެންދިޔުން؛ · ޕްރޮގްރާމްތަކާއި، ލައިވްތަކާއި، ޙަބަރުތައް، އޮންއެއަރ ކުރަމުން ދާއިރު ފަރުވާތެރި ކަމާއިއެކު މޮނިޓަރ ކުރުން އަދި ދުވަހުގެ އޮންއެއަރ ކުރަންޖެހޭ ކަންތަކާއި، ޝެޑިއުލްއަށް އަންނަ ބަދަލްތަކަށް ފަރުވާތެރިވުން؛ · އޮންއެއަރގެ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ލަސްނުކޮށް ޔުނިޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކަށް އަންގާ ހައްލުކުރުން؛ · އޮންއެއަރ ޓްރާންސްމިޝަން ފެށުމާއި، ނިމުމުން ޕެޗް ކުރަންޖެހޭ އެއްޗެއް ޕެޗް ކުރުމަށް ފަހު އޮންއެއަރގައި އެވަގުތު ބޭނުންޖެހޭ ހުރިހާ އިކުއިޕްމެންޓެއް ނިއްވުން (މައިކް / ލައިޓް / ޓޯކްބެކް)؛ · މިކަންކަމުގެ އިތުރުން ވަޒީފާއާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އޮފީހުން އަންގާ ގޮތެއްގެމަތިން ކުރުން. |