ނޭޝަނަލް ސަރޓިފިކޭޓް 3 އިން ސްކޫލް ލެބޯޓަރީ ޓެކްނީކްސް އަކީ ސްކޫލްތަކުގެ ލެބޯޓަރީ ތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ. އެގޮތުން ލެބޯޓަރީގެ އާލާތްތަކާއި ތަކެތި ތައްޔާރުކޮށް ބެލެހެއްޓުމާއި، ރައްކާތެރިކަމާއި ސާފުތާހިރުކަން ކަށަވަރުކުރުމެވެ.