އަޅުގަނޑުމެންނާ މެދު

އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިޔުކޭޝަން އުފެދުމާއިއެކު، ދިވެހިރާއްޖެއާއި މި ސަރަހައްދުގެ މީހުންގެ ތެރެއިން ކަނޑުދަތުރުފަތުރާއި ގުޅޭ ތަމްރީނު ހޯދުމަށް ޝައުގުވެރިވެފައިތިބި ފަރާތްތަކަށް ލިބިގެން ދިޔައީ ހިތްހަމަޖެހުމެކެވެ. މުޅިން އާ ބާވަތެއްގެ ތަމްރީނުތަކެއްދޭ ތަނެއްގެ ގޮތުގައި މި އެކަޑަމީ ވެގެންދިޔައެވެ.

މި ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުރި ފަރުދުންތަކެއް ގުޅިގެން ދިވެހި ސަރުކާރުގެ ރުހުމާއި، އެއްބާރުލެއްވުމާއިއެކު، އުފެދި، ވުޖޫދުވެގެން އައިސަފައިވާ މި އެކަޑަމީއަކީ، މި ދެންނެވި ބޭފުޅުންގެ ފިކުރީ ދަރިއެކެވެ. ހިތުގައި ބިންވަޅުނެގިފައިވާ ޤަބޫލުކުރުމަކީ، އެކަކު އަނެކަކަށް އަޅާލުމަކީ އިންސާނީވަންތަކަމުގެ އެންމެ ވަރުގަދަ ބާރުކަމުގައެވެ. މި އެކަޑަމީގައި ބޭނުންކުރާ އެއް ވިސްނުމަކީ ވަކިވަކި ފަރުދުންގެ މެދުގައި ގާތްކަން އުފެދި، އެންމެން އެއްބައިވެގެން މަސައްކަތް ކުރެވޭ ގޮތްހެދުމެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް ކަނޑުދަތުރުފަތުރުގެ ދާއިރާއިން މަންފާ ހޯދޭނެގޮތްތައް ފަހިވެގެން ދެއެވެ. ކަނޑުދަތުރުފަތުރާއި މެދު އާންމުން ދެކެމުން އައިސްފައިވާގޮތް ބަދަލުކުރުމަށް ދައުވަތުއަރުވަމެވެ. ރަނގަޅު ތަމްރީނާއިއެކު ވަކިވަކި ފަރުދުންނަށާއި، އާއިލާތަކަށް އަދި ވިޔަފާރިތަކަށް ފައިދާވާނެ ގޮތްތައް މި އެކަޑަމީއިން ފަހިކޮށްދެމުންދާނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާދޭ ފަރާތުގެ ބާވަތް
ތަޢުލީމުދޭ އަމިއްލަ މަރުކަޒު
ސިނާޢަތްތައް
  • މަތީ ސާނަވީ ތައުލީމު
ލިބެންހުންނަ ވަޒީގެ ބާވަތްތައް
  • ފުލްޓައިމް
  • ޕާރޓްޓައިމް
  • އިންޓަރން
ބޭނުންވާ ފަންނުތައް
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް ސްކިލްސް