ނޭޝަނަލް ސަރޓިފިކޭޓް 3 އިން ގެސްޓްހައުސް އޮޕަރޭޝަންސް ކޯހަކީ ގެސްޓްހައުސްތަކުގައި ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތަކާއި މައުލޫމާތު ދަސްކޮށްދޭ ކޯހެކެވެ. މި ކޯހުން ދަސްކޮށްދެނީ އިންޑަސްޓްރީގެ މިންގަނޑުތައް ދަމަހައްޓައި މެހެމާނުން ހިތްހަމަ ޖެހޭގޮތަށް އެކި ބާވަތުގެ މަސައްކަތްތައް ކުރުމެވެ.