ނޭޝަނަލް ސަރޓިފިކޭޓް 3 އިން އާރޓް ސްކިލްސް ކޯހަކީ އެކި އެކި ފަންނީ ޓެކްނީކްތަކާއި މީޑިއަމްތައް ބޭނުން ކޮށްގެން އުފެއްދުންތެރިކަން ފާޅުކުރުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މައުލޫމާތު ފޯރުކޮށްދޭ ކޯހެކެވެ. މި ކޯހުގައި އަމާޒު ކުރެވެނީ އަސާސީ ފަންނީ ހުނަރުތައް ތަރައްޤީ ކުރުމަށާއި ތަފާތު ވިޝުއަލް އެކްސްޕްރެޝަންތައް ދިރާސާ ކުރުމަށާއި އުފެއްދުންތެރި އަދި ޘަޤާފީ މިންގަނޑުތަކާއި އެއްގޮތަށް އަސްލު ފަންނީ މަސައްކަތްތައް އުފެއްދުމަށެވެ.