ވަޒީފާތައް

މުސާރަ
12,443 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
12,443 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

މި ކުންފުނީގެ ނަންބަރ ASND-HR-IUL-2022-032 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

އިޢުލާން ނަންބަރު: ASND-HR-IUL-2022-035

މަޤާމް: ސީނިއަރ އޮފިސަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: މެޑިކަލް ކްލެއިމްސް ޕްރޮސެސިންގ

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ބިޒްނަސް މެނޭޖްމެންޓްަ ނުވަތަ ފައިނޭންސް އެންޑް އެކައުންޓްސް، ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

ބިޒްނަސް މެނޭޖްމެންޓްަ ނުވަތަ ފައިނޭންސް އެންޑް އެކައުންޓްސް، ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕޯޓަލް މެދުވެރިކޮށް އެޕްރޫވް ކުރުން.
  2. މަސައްކަތްތަކާގުޅޭ މައިގަނޑު ރިޕޯޓުތައް އެކުލަވާލުމާއި އެނަލައިޒް ކުރުން.
  3. ޑިޕާޓްމަންޓަށް ބޭނުންވާ އެސް.އޯ.ޕީ، ސޮފްޓްވެއަރއަށް ބޭނުންވާ އަދި އެހެނިހެން ލިޔުންތައް ތައްޔާރު ކުރުން.
  4. ޕްރޮޖެކްޓް އަދި އެކްޝަން ޕްލޭންގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރުން.
  5. ފައިސާ ދެއްކިފައިނުވާ އިންވޮއިސްތައް ބަލަހައްޓައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ރިކޮންސިލިއޭޝަންގެ މަސައްކަތްކުރުން.
  6. ބިލްކުރެވިފައިނުވާ ޓްރާންސެކްޝަންތަކުގެ ރިކޮންސިލިއޭޝަންގެ މަސައްކަތްކުރުން.
  7. މީގެ އިތުރުން ޑިޕާޓްމަންޓްގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. ޑާޓާ އެނަލައިޒް އަދި އިވެލުއޭޓް ކުރަން އެެނގުން.
  3. ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކޮށް ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
  4. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  5. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/7100 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި:  7 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
18 ޖުލައި 2022
މުއްދަތު ހަމަވާ ތާރީޚް
7 އޯގަސްޓު 2022