އިޢުލާން ނަންބަރު: ASND-HR-IUL-2022-052
މަޤާމް: ސީނިއަރ އޮފިސަރ
ބޭނުންވާ އަދަދު: 01
ޑިޕާޓްމަންޓް: ކޯޕަރޭޓް އެންޑް ލީގަލް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތައް ހެދުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުން.
- ކުންފުނީގެ ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކޮށް، ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަމާގުޅޭ ކަރުދާސްތައް ތައްޔާރުކުރުން.
- ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތައް މުވައްޒަފުންނާ ޙިއްސާކުރެވޭނެ އިންތިޒާމުތައް ރާވައިހިންގުން.
- ކުންފުނީގެ މަސައްކަތްތަކާގުޅޭ މައިގަނޑު ރިޕޯޓުތައް އެކުލަވާލުމާއި، ކުންފުނީގެ މަސައްކަތްތައް އާންމުން ރައްޔިތުންނާ ޙިއްސާކުރުމަށްޓަކައި ބްލޮގްޕޯސްޓްތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ތައްޔާރުކުރުން.
- ސިޔާސަތުތަކާއި، އުސޫލުތަކާއި، ރިޕޯޓުތައް ފަދަ ލިޔުންތައް ދިވެހިބަހުން އިނގިރޭސި ބަހަށް އަދި އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރުން.
- ކުންފުނިން ހިންގާ މީޑިއާ ކެމްޕޭންތަކާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމަތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން
- މަސައްކަތަށް ޤާބިލު ފަރާތެއްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/7100 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 18 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.