ވަޒީފާތައް

މުސާރަ
10,500 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
10,500 ރުފިޔާ+
އެހެނިހެން އެލަވަންސްތައް:
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

https://gazette.gov.mv/iulaan/286122

މަޤާމުގެ ޝަރުތު:

  • މަޤާމާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފާ ވުމާއެކު މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފާ ވުމާއި އަދި  ސުޕަވައިޒަރީ ލެވެލްގައި 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައަކަތާ ގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 7 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 (އަށެއް) އަހަރުދުވަހު މަސައްކަތްކޮށްފާވުމާއިއެކު ސުޕަވައިޒަރީ ލެވެލްގައި 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ޕްރައިމަރީ މަސައްކަތްތައް

  • ޕީއެސްއެމް ގެ އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕަބްލިކް ރިލޭޝަންސް އާއި ގުޅުން ހުރި މަސައްކަތްތައް ރާވާ ހިންގާ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން؛
  • ކުންފުނީގެ ފަރާތުން ހަދަންޖެހޭ ރީޖަނަލް ކޮމިއުނިކޭޝަންތައް ހެދުން އަދި ކަމާ ގުޅުންހުރި އެންމެހާ ލިޔެ ކިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން؛
  • ކޮންޓެންޓް ރައިޓްސް ހޯދުމާއި އެކަންކަމާ ގުޅޭ އެންމެހާ މަސައްކަތްތައްކުރުން؛
  • ކުންފުނިން ބައިވެރިވާ އިންޓަނޭޝަނަލް އެސޯސިއޭޝަންތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން؛
  • އެކި އެކި ކަންކަމާއި ގުޅިގެން ކުންފުނީގެ ފަރާތުން ނަގާ ސްޓޭންޑާއިބެހޭގޮތުން ހަދަންޖެހޭ އެނައުންސްމެންޓް/ނޫސްބަޔާންފަދަ ތަކެތި ތައްޔާރުކޮށް ކަމާ ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  • ރިޕޯޓް ލިޔުން، ކޮޕީ ރައިޓިންގ އަދި ވެބް ކޮންޓެންޓް ރައިޓްސް ހޯދުމާއި ގުޅުންހުރި މަސައްކަތްތައް ކުރުން؛
  • ފޭސްބުކް، ޓުވިޓަރ ފަދަ އޮންލައިން އަދި ޑިޖިޓަލް މީޑިއަމްތައް ބޭނުންކޮށްގެން ކޯޕަރޭޓް އަދި ޕީއާރު މަޢުލޫމާތު ޕަބްލިކާއި ހިއްސާކުރުން އަދި މިފަދަ މީޑިއަމްތައް ބޭނުންކޮށްގެން ޕީއެސްއެމްގެ އިމޭޖް ރަނގަޅުކުރުމަށްޓަކައި އާރޓިކަލް، ކޭސް ސްޓަޑީސް އަދި ޓްރެންޑިންގ ސްޓޯރީޒް ފަދަ ތަކެތި ތައްޔާރުކޮށް ޕަބްލިޝް ކުރުން؛
  • ކުންފުނިން ރެވެނިއު އިތުރުކުރުމަށް ހަދަންޖެހޭ ޕްރެޒެންޓޭޝަންތައްހަދާ ބާއްވަންޖެހޭ މީޓިންގތައް ބާއްވާ ވިއްކުމުގެ މަސައްކަތް ކުރުން؛
  • އިންޓަނޭޝަނަލް މާކެޓައް ޕްރެސް ރިލީޒް ކުރުން؛
  • މެނޭޖްމެންޓް ރިޕްރެޒެންޓް ކުރާ އިންޓަނޭޝަނަލް އިވެންޓްތަކާ ގުޅިގެން ހަދަންޖެހޭ ސްޕީޗްތައް ޑްރާފްޓް ކުރުމާއި ލޯކަލް އަދި އިންޓަނޭޝަނަލް މާރކެޓަށް ޕްރެސް ރިލީޒް ކުރުން؛
  • އިންޓަނޭޝަނަލް މާރކެޓުގައި ޕީއެސްއެމް ބްރޭންޑް އިމޭޖް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތައްތައް ދެނެގަނެ މިފަދަ ކަންތައްތައް އިމްޕްލިމެންޓްކުރުން؛
  • ކުންފުންޏަށް އެކި ޕްރޮގްރާމް/އިވެންޓްތަކުގެ ރައޓްސް ހޯދުމާ ބެހޭގޮތުން ހަދަންޖެހޭ ކޮމިއުނިކޭޝަންތައް ހެދުން އަދި މައުލޫމާތު ކަމާގުޅުންހުރި ބޭފުޅުންނާއި ހިއްސާކޮށް، ލިޔެ ކިޔުންތައް ގަވާއިދުން ބެލެހެއްޓުން؛
  • ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސާފުކޮށްދޭންޖެހޭ އެންމެހާ ކަންތައްތަކަށް ޖަވާބުދާރީވެ ސާފުކޮށްދިނުން؛
  • މާކެޓުގައި ކުންފުނީގެ ހާލަތާ އޯޑިއަންސް ދެކޭގޮތް ދެނެގަތުމަށް ހަދަންޖެހޭ ސާރވޭތައް (އިންޓަނޭޝަނަލްކޮށް ޑިސްޓްރިބިއުޓްކޮށްގެން) ހަދާ މީޑިއާ ކަވަރޭޖްތައް މޮނިޓާ ކުރުން؛
  • ސޭލްސް އެންޑް މާކެޓިންއަށް އަންނަ ރިކުއެސްޓްތަކަށް އެޓެންޑްވުން އަދި މި ރިކުއެސްޓްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  • ކުންފުނީގެ އެންމެހާ ބްރޭންޑްތައް މާރކެޓްކޮށް، އިސްތިހާރު ކޮށް ޕްރޮމޯޓް ކުރާނެ ގޮތްތައް ހޯދާ ރޭވުން، އަދި މާރކެޓިން ޕްލޭން ހަދާ އިމްޕްލިމެންޓް ކުރުން؛
  • ޕީއެސްއެމްއިން އެފް އޯ ސީކޮށް ދެމުން ގެންދާ ހިދުމަތްތަކާއި ގުޅިގެން ސޭލްސްއެންޑް މާރކެޓިންއިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން، އަދި މި މސައްކަތް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް މި މައުލޫމާތު ބެލެހެއްޓުން އަދި ބިލިންއާ ގުޅޭ މަސައްކަތް ކުރުމާއި ސުޕަވައިޒްކުރުން؛
  • ސޭލްސް އެންޑް މާކެޓިން އިން ހަދަންޖެހޭ މާރކެޓިން ކިޓް އާއި އެހެނިހެން ކަންކަމާ ގުޅިގެން ހަދަންޖެހޭ ޑިޒައިންތައް ހެދުން

ޖެނެރަލް  މަސައްކަތްތައް

  • ޚަވާލު ކުރެވޭ މަސައްކަތާ ގުޅުންހުރި އެންމެހާ ލިޔެ ކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ބެލެހެއްޓުމާއި،ފައިލް ކުރަންޖެހޭ ލިޔެކިޔުންތައް ފައިލްކޮށް، ރައްކާތެރިކަމާއިއެކު ބަލަހައްޓާ ޑިޕާޓްމެންޓްގެ ފައިލިންގް ސިސްޓަމް ރަނގަޅަށް ބެލެހެއްޓުން؛
  • ސޭލްސް އާއި މާކެޓިންގް ދަށުން ޙަވާލުކުރެވޭ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ރާވާ ހިންގުން؛
  • ސޭލްސް އާއި މާކެޓިންގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވާލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީ ތަކާއި އުސޫލުތަކަށް އަހުލުވެރިވެ އެއާ އެއްގޮތަށް އަމަލު ކުރުން؛
  • ސޭލްސް އެންޑް މާކެޓިންގްއިން ރާވާ އިންތިޒާމް ކުރާ އެންމެހާ އިވެންޓްތަކާއި / ޕްރޮޖެކްޓް ތަކާއި ގުޅިގެން ހަވާލު ކުރެވޭ މަސައްކަތްތައް ކުރުމާއި، އިވެންޓް / ޕްރޮޖެކްޓްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި ސްޕަވައިޒްކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް؛
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ؛
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް؛
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
23 އޭޕްރީލު 2024
މުއްދަތު ހަމަވާ ތާރީޚް
24 އޭޕްރީލު 2024