ވަޒީފާތައް

މުސާރަ
8,100 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,100 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

Gazette

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ހުރުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަންޑު ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ

މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތްކޮއް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭނާއި މިޝަންއާއި ލަނޑުދަނޑިތަކާއި، ލީޑަރޝިޕް ކޮމްޕިޓެންސީތަކަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެދިނުން.
  • ކުންފުނީގެ ނީޑްސް ތައް ދެނެގަނެ، އަމާޒު ހިފޭ ކަންކަމަށް ވާސިލުވުމަށް މިރޮނގުން ކުރަންޖެހޭ ކަންކަން ފަރުމާކޮށް ހިންގުމަށް އެހީތެރިވެދިނުން.
  • އޯގަނައިޒޭޝަނަލް ޗޭންޖް އަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމާއި، އޯގަނައިޒޭޝަނަލް ކަލްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަން ކުރެވޭނެ ގޮތްތައް އިންތިޒާމުކުރުން.
  • ސޮފްޓްވެއަރ އިން މުވައްޒަފުން ޗުއްޓީއަށް އެދުމުން އެކަމާއިބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސޮފްޓްވެއަރ އިން ކުރުމާއި ޗިޓްގައި ސޮއިކޮށް ފައިލް ކޮށް އެކަމުގެ ރެކޯޑް ބެލެހެއްޓުން.
  • މުވައްޒަފުންގެ ސަލާމްތައް ދުވަހުން ދުވަހަށް ސިސްޓަމަށް އެންޓަރކޮށް އެ ރެކޯޑްތައް ބެލެހެއްޓުން.
  • މުސާރައާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި ޕޭރޯލްގެ މަސައްކަތްތައް.
  • ޔައުމިއްޔާ، ރިޕޯޓްފަދަ މަސައްކަތްތައް ކުރުން.
  • ކުންފުނިން ހިންގާ އެކިއެކި ހަރަކާތްތައް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމާއި އަމަލީގޮތުން ބައިވެރިވުން.
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
17 ސެޕްޓެމްބަރު 2024
މުއްދަތު ހަމަވާ ތާރީޚް
22 ސެޕްޓެމްބަރު 2024
އެޕްލިކޭޝަން ހުށަހެޅުމަށް