ވަޒީފާތައް

މުސާރަ
28,760 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
28,760 ރުފިޔާ
ވަޒީފާގެ ތަފްޞީލު

އިޢުލާން ނަންބަރު: ASND-HR-IUL-2022-053

މަޤާމް: މެނޭޖަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް/ސެކްޝަން: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް އަދި އެޑްމިނިސްޓްރޭޝަން ދާއިރާ ގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުމާއި އެކު، އޭގެ ތެރެއިން 2 އަހަރު ދުވަހު މެނޭޖިރިއަލް ލެވެލްގައި ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް އަދި އެޑްމިނިސްޓްރޭޝަން ދާއިރާ ގައި މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވުމާއި އެކު، އޭގެ ތެރެއިން 3 އަހަރު ދުވަހު މެނޭޖިރިއަލް ލެވެލްގައި ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ އެންމެހައި މަސައްކަތްތައް ރާވާ، ހިންގާ ބެލެހެއްޓުން.
  2. ޕްރޮކިއުމަންޓް އަދި އެޑްމިނިސްޓްރޭޝަންގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ކުރެވިފައިވާ ޕްލޭންތަކާއި އެއްގޮތަށް ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން. މީގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއް ޤާއިމްކުރުމާއި، ބިޑް ތަކުގެ އެންމެހައި ކަންކަން މޮނިޓަރ ކުރުމާއި، ޑިސްޕެޗް އަދި އޮފީހުގެ މެއިންޓެނެންސް މަސައްކަތްތައް މޮނިޓަރކުރުން.
  3. ކުންފުނީގެ ސްޓްރެޓީޖިކް ޕްލޭނަށް ބިނާކޮށް ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ސްޓްރަކްޗަރ އަދި ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދައި، ތަރައްޤީކޮށް، އެއަށް ޢަމަލީ ސިފަގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  4. މުވައްޒަފުންނާ ބެހޭ ޕޮލިސީތައް ދިރާސާކޮށް ގެންނަށްޖެހޭ ބަދަލުތައް ދެނެގަނެ މެނޭޖްމަންޓާ ޙިއްސާކުރުން.
  5. މުވައްޒަފުންނާ ގުޅޭ ޤަވާއިދުތައް ތަންފީޒު ކުރުމުގައި އެ ޤަވާއިދުތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  6. ކުންފުނީގެ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ޒަމާނީ ނިޒާމއެއް ޤާއިމުކޮށް، މި ނިޒާމް ހަރުދަނާކޮށް، މި ނިޒާމްގެ ދަށުން މުވައްޒަފުންގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ، މިނިޒާމަށް މުވައްޒަފުން އަހުލުވެރިކުރަން ކުރަންޖެހޭ މަސައްކަތްތައް މެނޭޖްމަންޓުގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން.
  7. ކުންފުނީގެ ޓްރޭނިންގ ނީޑް އެނެލިސިސް ހެދުމާއި ޓްރޭނިންގ ރިކުއަރމަންޓް އެކުލަވާލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހިއުމަން ރިސޯސްގެ ދާއިރާއިން ތަޖުރިބާހުރި ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  2. ހަރުދަނާ ލީޑަރޝިޕް ހުނަރު ހުރި ފަރާތެއް ކަމުގައިވުން.
  3. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން

  

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/15،200 ރުފިޔާ
  • ލިވިންގ އެލަވަންސް: -/4،000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/4،560 ރުފިޔާ
  • އެޗް.އޯ.ޑީ އެލަވަންސް: -/5،000 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި:  16 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

  1. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3011419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

އެހެނިހެން މަޢުލޫމާތު

މަޤާމްތައް
  • މެނޭޖަރ، ހިއުމަން ރިސޯސް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
9 އޮކްޓޯބަރު 2022
މުއްދަތު ހަމަވާ ތާރީޚް
16 އޮކްޓޯބަރު 2022