ވަޒީފާތައް

މެނޭޖަރ-ފައިނޭންސް މުއްދަތު ހަމަވެފައި

Public Service Media
މުސާރަ
10,500 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
10,500 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

https://www.gazette.gov.mv/iulaan/306094

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮއް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަންޑު ލެވެލް 7 ނުވަތަ 8 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމާއިއެކު މެނޭޖީރިއަލް ލެވެލްގައި 4 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން؛
  • ކުންފުނީގެ އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓްގެ ކަންކަން ބެލެހެއްޓުމާއި އޮޑިޓަރުންނަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުން؛
  • ކުންފުނިން ދައްކަންޖެހޭ ޓެކްސްއާއި ބެހޭ ބަޔާންތައް ހުށަހެޅުމާއި ރިޕޯޓްތައް ތައްޔާރުކުރުން؛
  • ކުންފުނީގެ އެކައުންޓްތައް ރިކޮންސައިލްކޮށް ބެލެހެއްޓުން؛
  • ކުންފުނީގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން؛
  • ކުންފުނީގެ އެސެޓް އަދި އިންވެންޓްރީ މެނޭޖްކޮށް ބެލެހެއްޓުން؛
  • ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ރާވައި ބެލެހެއްޓުން؛
  • ކުންފުނިން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރުމާއި ޑޮކިއުމެންޓްތައް ޗެކްކުރުން؛
  • ޑިޕާޓްމެންޓުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އަދި މެމޯ ފަދަ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން؛
  • މީގެ އިތުރުންވެސް އެޗް.އޯ.ޑީ އެވަގުތަކު ކުރުމަށް ހަވާލު ކުރާ ޑިޕާޓްމަންޓްގެ މަސައްކަތްތް ކުރުން.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
1 ސެޕްޓެމްބަރު 2024
މުއްދަތު ހަމަވާ ތާރީޚް
8 ސެޕްޓެމްބަރު 2024