ވަޒީފާތައް

މުސާރަ
14,773 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
14,773 ރުފިޔާ
ވަޒީފާގެ ތަފްޞީލު

އިޢުލާން ނަންބަރު: ASND-HR-IUL-2022-069

މަޤާމް: މެޑިކަލް އޮތޯރައިޒޭޝަން އޮފިސަރ

ބޭނުންވާ އަދަދު: 5

ޑިޕާޓްމަންޓް: މެޑިކަލް އޮތޯރައިޒޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ފެން ބިލްޑިންގ 3 ވަނަ ފަންގިފިލާ / މާލެ

 

މަޤާމުގެ ޝަރުތު:

  1. ނާރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކްލިނިކަލް (ޕޭޝިއަންޓް ކެއަރ) ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހެޅޭ ހުށަހެޅުންތައް ދިރާސާކޮށް، ހުސްނުވާ އާސަންދަ ސްކީމުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން އާސަންދައިން ޚިދުމަތް ދެވޭތޯ ޔަގީންކޮށް ޚިދުމަތްހޯދުމަށް އެދޭފަރާތްތަކަށް އެކަން އެންގުން.
  2. ކުއްލި ބަލި ހާލަތްތަކުގައި އިތުރު ފަރުވާ ލިބިގަތުމަށްޓަކައި އަތޮޅުތެރެއިން އިމަރޖެންސީ އިވެކުއޭޝަނަށް އެދި ހުށަހެޅޭ ކޭސްތަކަށް ހުސްނުވާ އާސަންދަ ސްކީމްގެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ޚިދުމަތްދެވޭތޯ ޔަގީންކޮށް ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކަށް އެކަން އެންގުން.
  3. ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބުދާރީވުން.
  4. މީގެ އިތުރުން ޑިޕާޓްމަންޓްގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/7100 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ
  • ޓެކްނިކަލް އެލަވަންސް: -/1420 ރުފިޔާ
  • ރިސްކް އެންޑް ހާޑްޝިޕް އެލަވަންސް: -/710 ރުފިޔާ
  • ފޯން އެލަވަންސް: -/200 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި:  11 ޑިސެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ:
  • ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ.
  • ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  1. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއަދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
29 ނޮވެމްބަރު 2022
މުއްދަތު ހަމަވާ ތާރީޚް
11 ޑިސެމްބަރު 2022