ވަޒީފާތައް

މުސާރަ
8,000 ރުފިޔާ - 12,000 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
6

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,000 ރުފިޔާ - 12,000 ރުފިޔާ
ހަމަ ޖެހިފައިވާ އުސޫލުން ފުޑް އަދި ރިސކް އެލަވަން ލިބޭނެއެވެ
ހަމަ ޖެހިފައިވާ އުސޫލިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
ވަޒީފާގެ ތަފްޞީލު

ވަޒީފާގެ ބަޔާން

 

1. ކުންފުނިން ކަނޑައަޅާ މަސައްކަތު ސައިޓުގައި ޤާއިމު ކުރެވިފައިވާ މެޝިނަރީ (ބޭލިން މެޝިން، ޝްރެޑިންގ މެޝިން އަދި ސީވިންގ މެޝިން ފަދަ މެޝިނަރީ) ހިންގުމާއި އެކަމާއި ގުޅުން ހުރި މަސައްކަތްތައް ކުރުން

2. (1) ވަނަ މާއްދާގައި ބަޔާން ކޮއްފައިވާ މެޝިނަރީ ބޭނުންކޮއްގެން ޕްރޮސެސް ކުރުމަށް ކުނި ވަކިކުރުމާއި ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މަސައްކަތް ބެލުމާއި ބޭނުންވާ އިރުޝާދުދިނުން

3. މެޝިނަރީ ހިންގުމަށް ބޭނުންވާ ތައްޔާރީތައްވުމާއި އޭގެ ރިޕެއަރ އެންޑް މެއިންޓަނަންސް މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ވަސީލަތް ހޯދުމުގައި ކަމާބެހޭ ފަރާތްތަކާއިއެކު އެކަންތައްތައް ވިލަރެސް ކުރުމާއި  ރިޕެއަރ އެންޑް މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮއްދިނުން.

4.  މެޝިން ހިންގުމާއި މަރާމާތުކުރުމާއި ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި  އެ މައުލޫމާތު ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް  ޤަވާއިދުން ރިޕޯޓްކުރުން

5. މީގެ އިތުރުން ކޯޕަރޭޝަނުން ކުރިއަށް ގެންދާ އިތުރު ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން ކުންފުނިން ބޭނުންވެއްޖެ ހާލަތުގައި އެހެނިހެން މަސައްކަތްތަކުގައި އެއްބާރުލުން ފޯރުކޮއްދިނުން.

6. ރާއްޖޭގައި ހެދިފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އިޙުތިރާމްކޮށް ޢަމަލުކުރުން.

7. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުމާއި ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

8. މިނޫންވެސް ޑިޕާޓްމަންޓުން އަންގާ މަޤާމާއި ގުޅުންހުރި އެހެނިހެން މަސައްކަތްކުރުން

 

މަސައްކަތް ކުރަންޖެހޭ ތަން

ތިލަފުށި

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޯލެވެލް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  • 2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • 3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  • 4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  • 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ކުނި ބެލެހެއްޓުން
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
21 ނޮވެމްބަރު 2021
މުއްދަތު ހަމަވާ ތާރީޚް
24 ނޮވެމްބަރު 2021