ވަޒީފާތައް

މުސާރަ
9,500 ރުފިޔާ - 12,000 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
9,500 ރުފިޔާ - 12,000 ރުފިޔާ
ވަޒީފާގެ ތަފްޞީލު
  • ކޮންޓްރޯލް ރޫމް / ސްޓޫޑިއޯގެ ހުރިހާ އިކްވިޕްމަންޓްތައް ޗެކްކޮށް އެއްވެސް އިކްވިޕްމަންޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ އެކަމުގެ ފުރިހަމަ މަޢުލޫމާތު އިންޖިނިއަރިންގ އަށް އަންގާ އެކަން ރަނގަޅު ކުރުވުން؛
  • ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި އިޝްތިހާރުތައް ހަމަތޯބަލާ އަދި ޕްރޮގްރާމެއް މަދުނަމަ ވީހާއެންމެ އަވަހަކަށް ޕްރޮގްރާމް ޑިޕާރޓްމަންޓަށް އެންގުން؛
  • މާރކެޓިންގް ޑިޕާރޓްމަނޓުން ލިޔަންޖެހޭ ލިޔުންތައް ފިޔަވާ ދުވަހު ޝެޑިއުލްއާ ގުޅުންހުރި އެހެން ހުރިހާ ލިޔުމެއް ލިޔެ ޕްރޮގްރާމް ޑިޕާޓްމަންޓް ނުވަތަ ނިއުސް ޑިޕާޓްމަންޓްގެ ހުއްދަ އާއި އެކު އޮންއެއަރ ކުރުން؛
  • އޮންއެއަރގެ އެދުވަހެއްގެ ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި، ލައިވްތަކާއި އިޝްތިހާރުތައް ބެލުންތެރިންގެ ޝައުޤު ނުގެއްލޭނެހެން އެއަރ ކުރުން؛
  • ޕްރޮގްރާމްތައް އޮންއެއަރ ކުރަމުންދާގޮތް، ތަރުތީބުން އޮންއެއަރ ލޮގް ސިސްޓަމަށް އެންޓަރ ކުރުން، އަދި ލޮގް ލިޔުމަށް ޙާއްސަ ކުރެވިފައވާ ފޮތުގައި ލިޔަމުން ގެންދިޔުން؛
  • ޕްރޮގްރާމްތަކާއި، ލައިވްތަކާއި، ޙަބަރުތައް، އޮންއެއަރ ކުރަމުން ދާއިރު ފަރުވާތެރި ކަމާއިއެކު މޮނިޓަރ ކުރުން އަދި ދުވަހުގެ އޮންއެއަރ ކުރަންޖެހޭ ކަންތަކާއި، ޝެޑިއުލްއަށް އަންނަ ބަދަލްތަކަށް ފަރުވާތެރިވުން؛
  • އޮންއެއަރގެ މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ލަސްނުކޮށް ޔުނިޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކަށް އަންގާ ހައްލުކުރުން؛
  • އޮންއެއަރ ޓްރާންސްމިޝަން ފެށުމާއި، ނިމުމުން ޕެޗް ކުރަންޖެހޭ އެއްޗެއް ޕެޗް ކުރުމަށް ފަހު އޮންއެއަރގައި އެވަގުތު ބޭނުންޖެހޭ ހުރިހާ އިކުއިޕްމެންޓެއް ނިއްވުން (މައިކް / ލައިޓް / ޓޯކްބެކް)؛

މިކަންކަމުގެ އިތުރުން ވަޒީފާއާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އޮފީހުން އަންގާ ގޮތެއްގެމަތިން ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
ޢުމުރު
18 އަހަރު+

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ޕްރޮގުރާމްކުރުމާއި ބްރޯޑްކާސްޓިންގެ ކަންތައް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
12 މޭ 2025
މުއްދަތު ހަމަވާ ތާރީޚް
19 މޭ 2025