ވަޒީފާތައް

މުސާރަ
9,500 ރުފިޔާ - 12,000 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
2
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
9,500 ރުފިޔާ - 12,000 ރުފިޔާ
ވަޒީފާގެ ތަފްޞީލު
  • ރޭޑިއޯ ޗެނަލްތަކުގެ ކޮންޓިނިއުޓީ ސްޓޫޑިއޯތައް ޝެޑިއުލް ކުރެވިފައިވާގޮތައް އޮޕަރޭޓުކޮށް ޕްރޮގްރާމުތައް އޮންއެއަރ ކޮށްދިނުން.
  • ސައުންޑް އެންޑް އައުޓުޑޯ ބްރޯޑްކާސްޓިންގ ޔުނިޓުން ނުވަތަ އެމްސީއާރުއިން ލައިވް އިވެންޓެއްގެ އޯޑިއޯ ސިގްނަލް އެއް ޓެސްޓުކުރަން ގުޅައިފިނަމަ އޯޑިއޯ ސިގްނަލް ޓެސްޓް ކުރުން. އޯޑިއޯ ސިގްނަލް ޓެސްޓުކުރުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، އަޑުގެ ކޮލިޓީ ގެ ތަފްސީލް އެފަރާތަށްދީ ސުޕަވައިޒަރަށް އެކަން އަންގައި އެމައްސަލަ ހައްލުކުރުން.
  • އޮންއެއާރ ކުރުމުގެ ކުރިން ލައިވް ކުރާ އިވެންޓުތައް އެހެނިހެން ޕްރޮގްރާމްތަކާއި އެއްގޮތަށް ޝެޑިއުލް ކުރެވިފައި ވޭތޯ ބަލައި ޗެކުކުރުން.
  • ޝެޑިއުލްގައިވާ ޕްރޮގްރާމްތަކާއި އިޝްތިހާރުތައް ހަމަތޯ ބަލާ އަދި ޕްރޮގްރާމެއް މަދުނަމަ ވީހާ އަވަހަކަށް އަންގަން ޖެހޭ ޑިޕާރޓްމަންޓަކަށް އެންގުން.
  • ސްޓޫޑިއޯތަކުގެ ރޭޑިއޯ ބްރޯޑްކާސްޓިންގ އިކުއިޕްމަންޓްތައް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތައް ބެލެހެއްޓުން.
  • ޕްރޮގްރާމްތައް އޮންއެއާރ ކުރުމުގައި ޕްރޮގްރާމް ޑިޕާޓްމަންޓުން ހަދާފައިވާ އުސޫލުތަކާއި އަދި ޑިއުޓީ ޕްރޮޑިއުސަރެއްގެ ލަފާގެ މަތިން އޮންއެއަރ ކޮށްދިނުން.
  • ޕްރޮގްރާމްތަކާއި ލައިވްތައް، ޚަބަރުތައް، އޮންއެއަރ ކުރަމުންދާއިރު ފަރުވާތެރިކަމާއެކު މޮނީޓަރ ކުރުން ( އޯޑިއޯ / ވީޑިއޯ) ދުވަހުގެ އޮންއެއަރ ކުރަންޖެހޭ ކަންތަކާއި، ޝެޑިއުލަށް އަންނަ ބަދަލުތަކަށް ފަރުވާތެރިވުން.
  • އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި އަދި ޕީއެސްއެމްގެ ޤަވާއިދުތަކާއި ޚިލާފު އެއްވެސް ކޮންޓެންޓެއް އޮންއެއަރ ނުކުރުން.
  • ސްޓޫޑިއޯގެ އޮންއެއަރ އޮޕަރޭޓަރެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން ޕްރޮގްރާމްތައް އޮޓޯމޭޓް ކުރުމަށް އޮޓޮމޭޝަން ހަދައި އަދި ޗެކްކުރުން. 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޯލެވެލް
ޢުމުރު
18 އަހަރު+

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ޕްރޮގުރާމްކުރުމާއި ބްރޯޑްކާސްޓިންގެ ކަންތައް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
12 މޭ 2025
މުއްދަތު ހަމަވާ ތާރީޚް
19 މޭ 2025
އެޕްލިކޭޝަން ހުށަހެޅުމަށް