ވަޒީފާތައް

ޑްރައިވަރ މުއްދަތު ހަމަވެފައި

AASANDHA COMPANY LTD
މުސާރަ
9,090 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
9,090 ރުފިޔާ
ވަޒީފާގެ ތަފްޞީލު

މިކުންފުނީގެ ނަންބަރ ASND-HR-IUL-2022-054   ގެ އިޢުލާނަށް އެކަށީގެންވާވަރަށް ތަރުޙީބު ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

އިޢުލާން ނަންބަރު: ASND-HR-IUL-2022-071

މަޤާމް: ޑްރައިވަރ

ބޭނުންވާ އަދަދު: 01

ސެކްޝަން: އެޑްމިން އެންޑް ޕްރޮކިއުމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ B1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން
  2. ރަސްމީ ގަޑީގެ އިތުރުން އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ޞިއްޙަތެއްގައިހުރެ އުމުރުން 55 އަހަރު ވެފައިނުވާ މީހެއްކަމުގައިވުން.
  3. ލިޔަންކިޔަން އެނގުމާއިއެކު، މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.
  4. ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  5. މަސައްކަތުގެ މާހައުލުގައި މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ މީހަކު ކަމުގައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެއްގަމުގައި ދުއްވާ ވެހިކަލް (ކާރު) ދުއްވުމާއި އެ ވެހިކަލް ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރުން.
  2. ކުންފުނިން ރަސްމީކޮށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  3. ވެހިކަލްއަށް ކުރަންޖެހޭ މަރާމާތުތައް ބަލާ ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެވެހިކަލްއަކަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  5. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
  6. އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/4،200 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3،000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/1،470 ރުފިޔާ
  • ރިސްކް އެންޑް ހާޑްޝިޕް އެލަވަންސް: -/420 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި:   11 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

  

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާ B1 ކެޓަގަރީ ލައިސަންސް ކާޑުގެ ކޮޕީ.
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއަދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
4 ޑިސެމްބަރު 2022
މުއްދަތު ހަމަވާ ތާރީޚް
11 ޑިސެމްބަރު 2022