އަޕްސްކްލިންގް ކޯސްތައް

ކޯސް ފީ
ކޯސްފީ ހިލޭ
ސަނަދުގެ ދަރަޖަ
އޯލެވެލް
މުއްދަތު
4 މަސް
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

އިތުރު ތަފްޞީލު

 ނެޝަނަލް ސެޓްފިކެޓް-3 އިން ޓުއަރ ގައިޑިންގ އަކީ ފަތުރުވެރިކަމާއި މެހުމާންދާރީގެ ދާއިރާގައި ޕްރޮފެޝަނަލް ޓުއަރ ގައިޑުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ތަމްރީނުކުރުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ކޯހުގެ ތެރެއިން ދަރިވަރުންނަށް އެކި ފަރާތްތަކާއެކު މުޢާމަލާތްކުރުމުގެ ހުނަރާއި، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އުކުޅުތައް ދަސްކުރެވޭނެއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމުގައި ސަގާފީ ހޭލުންތެރިކަން އިތުރުކުރުމާއި، ދަތުރުތައް ރާވައި ހިންގުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އަދި ޓުއަރ ގައިޑުކުރުމުގެ ޚާއްޞަ އުކުޅުތަކާއި، ސަލާމަތާއި ރައްކާތެރިކަމުގެ އިޖުރާއަތުތަކާއި، ޤުދުރަތީ އަދި ސަގާފީ ތަރިކަ މާނަކޮށްދިނުމުގެ ހުނަރުތައްވެސް މި ކޯހުގައި ހިމެނިފައިވެއެވެ.

ކޯސް ފީ
ކޯސްފީ ހިލޭ
ޖާގަ
20
Campus
އެމް.އައި.ޓީ މެއިން ކެމްޕަސް
ކޯސް ހިންގޭ ރަށް
މާލެ ސިޓީ، މާލެ

ޝަރުތުތައް

ދަރިވަރުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް
  • އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން
  • ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތްކުރަން އެނގުން

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • Copies of Educational Certificates and Transcripts
  • Copy of National ID card