މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ އެކުއޭޓިކް ރެކްރިއޭޝަން ދާއިރާއިން މަސައްކަތްކުރުމަށް އެދޭ ފަރާތްތަކަށް އަސާސީ މަޢުލޫމާތާއި ޢަމަލީ ހުނަރުތައް ފޯރުކޮށްދިނުމަށެވެ. މި ކޯސް ޚާއްޞަކޮށް އެކަށީގެންވަނީ ދިވެހިރާއްޖޭގެ ވޯޓަރ ސްޕޯރޓްސް ސެންޓަރުތަކުގައި، ރިސޯޓުތަކުގައި، ނުވަތަ ކަނޑާ ގުޅުންހުރި ފަތުރުވެރިކަމުގެ މަސައްކަތްތަކުގައި ވަޒީފާ އަދާކުރުމަށް ގަސްތުކުރައްވާ ފަރާތްތަކަށެވެ.
ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކެޓް 3 އިން އެކުއެޓިކް ރެކްރިއޭޝަން ސަނަދާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ސެޓްފިކެޓްތައް ލިބިގެންދާނެއެވެ.