އަޕްސްކްލިންގް ކޯސްތައް

ކޯސް ފީ
ކޯސްފީ ހިލޭ
ސަނަދުގެ ދަރަޖަ
ސާނަވީ ތަޢުލީމު
މުއްދަތު
3

ތަފްޞީލު

އިތުރު ތަފްޞީލު

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ހޮސްޕިޓަލިޓީ ދާއިރާ، ނުވަތަ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ކޯހެކެވެ.ޗައިނީޒް ބަސް ބޭނުންކުރުމުގެ އަމަލީ ހުނަރުތަކާއި ޘަޤާފީ އިލްމު ލިނިގެންދާ މިކޯސް ފުރިހަމަ ކުރުމުން ޗައިނީޒް ބަހުން ވާހަކަދައްކާ ފަތުރުވެރިންނާއި މެހެމާނުން އަދި ކަސްޓަމަރުންނާ މުޢާމަލާތުކުރުމަށާއި ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭނެއެވެ.

Project
Sustainable and Integrated Labor Services (SAILS) Project
ކޯސް ފީ
ކޯސްފީ ހިލޭ
ޖާގަ
30

ޝަރުތުތައް

ދަރިވަރުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް
  • ދިވެހި ރައްޔިތެއްކަމުގައި ވުން
  • އުމުރުން 15–64 އަހަރު (18 އަހަރުން ދަށް ފަރާތްތައް ކޮންސެންޓް ފޯމް ހުށަހަޅަންޖެހޭ)
  • ދިވެހި އަދި އިނގިރޭސި ބަހުން މުއާމަލާތް ކުރުމުގެ ޤާބިލުކަން ހުރުން
  • ކޮމްޕިއުޓަރ ބޭނުންކުރަން އިނގުން
  • ވަޒީފާ ނެތް ފަރާތްތަކަށްވުން ، ނުވަތަ ވަޒީފާ އަދާކުރާނަމަ މުސާރަ 9،200 އަށް ވުރެ ބޮޑު ނުވުން
  • ވޯލްޑް ބޭންކުން ހިންގާ ޕްރޮގްރާމް ނުވަތަ އެހެން ތަމްރީނުތަކާއި ސްކޮލަރޝިޕް ލިބޭ ފަރާތެއްކަމުގައި ނުވުން

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • އެޓްސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • އެޓްސްޓްކުރެވިފައިވާ އައިޑީކާޑު/ޕާސްޕޯޓް ކޮޕީ
  • ބެލެނިވެރިޔާ/ބަލަދުވެރިޔާގެ ކޮންސެންޓް ފޯމް (އުމުރުން 18 އަހަރުން ދަށުގެނަމަ)
  • މުސާރަ ސްލިޕް (ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި ލިބިފައިވާ - ވަޒީފާ އަދާކުރާނަމަ)