މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޕީ.އެސް.އެމް ގެ ގާނޫނަށާއި ސިޔާސަތުތަކަށާއި ކުންފުނީގެ މުވައްޒަފުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވެ ބޯލެމުން؛
- ޚަބަރާއި މައުލޫމާތު ޕީ.އެސް.އެމް ގެ ވެބް މީޑިއަމަށް ގެނެސްދިނުން؛
- ވެބްސައިޓްގައި އިސްކަންދޭންޖެހޭ ޚަބަރުތައް ދެނެގަނެ ، އެޑިޓަރުންނާއި ޖަރނަލިސްޓުންނަށް މިޚަބަރުތައް ކަވަރ ކުރުމަށް ހަވާލުކުރުން؛
- ވެބް ކޮންޓެންޓް ދިރާސާކުރުމާއި، ޕްލޭންކުރުމާއި، އެޑިޓްކުރުމާއި، ލިޔުމުގެ ޒިންމާ އުފުލުން؛
- ޑިރެކްޓަރ ނިއުސް ގެ ލަފާގެ މަތިން ، ވަގުތުން ވަގުތައް ބްރޭކް ކުރަންޖެހޭ ޚަބަރުތައް ބްރޭކްކުރުން؛
- އައު ޚަބަރާއި ފީޗަރ ރިޕޯޓް ފަދަ ކޮންޓެންޓް ހެދުމަށް ޖަރނަލިސްޓުންނަށް ޚިޔާލު ދިނުމާއި ސްކްރިޕްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛
- ވެބްސައިޓަށްލާ ކޮންޓެންޓުގައި ބޭނުންކުރާ ފޮޓޯތަކާއި، ގްރެޕިކްސް، ވީޑިއޯ އަދި އާރޓްވޯކްތައް ބަލާ ޗެކްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛
- ވެބްސައިޓްގައި ހިމަނާ ކޮންޓެންޓަކީ ނިއުސްވާރދީ ކޮންޓެންޓެއްތޯ ބެލުމާއި، ކޮންޓެންޓުގެ ސައްޙަކަން ކަށަވަރުކުރުން؛
- ވެބްސައިޓްގައި ހިމަނާ ކޮންޓެންޓަކީ ކޮޕީރައިޓް ކޮންޓެންޓެއްތޯ ބަލާ ޕީ އެސްއެމްގެ އެޑިޓޯރިއަލް ޤަވާއިދަށް ފެތޭތޯ ބެލުން؛
- ވެބްސައިޓްއަށް ވަންނަ މީހުންގެ ޕޮޕިއުލަރިޓީ ބެލުން އަދި ކޮންޓެންޓްގެ ވިޝުއަލް ލޭއައުޓް ބެލެހެއްޓުން؛
- ވެބްސައިޓަށްލާ ޚަބަރުތައް، އަޕްލޯޑް ކުރުމުގެ ކުރިން އެ ޚަބަރުތައް ޕީއެސްއެމްގެ އެޑިޓޯރިއަލް ޤަވާއިދަށް ފެތޭތޯ ބަލާ، ޗެކްކުރުން. އަދި ސްކްރިޕްޓް ތައް އެޑިޓްކުރުން ނުވަތަ އެޑިޓްކޮށް ޕްރޫފްރީޑް ކުރުން؛
- ކޮންޓެންޓް އެޑިޓަރުންނާއި މަޝްވަރާކޮށްގެން ޕީ އެސްއެމް ނިއުސް ވެބްސައިޓަކީ މީހުން ކިޔާ ހިއްވާ ކޮންޓެންޓްތައް ހުންނަ ވެބް ސައިޓްއެއްގެ ގޮތުގައި ހެދުމަށް ގަދައަޅައި މަސައްކަތްކުރުން؛
- ސޯޝަލް މީޑިއާގައި، ތާޒާ މަޢުލޫމާތު ފޮރުކޮށްދިނުމަށް އައު ޚިޔާލު ދިނުމާއި، ނިއުސް ވެބްސައިޓްގައި ހުންނަނީ އެންމެ ތަޒާ ޚަބަރުކަން ޔަޤީން ކުރުން؛
- ވެބް ޓެކްނޮލޮޖީގެ އާ ޓްރެންޑްތަކާ އެއްވަރަށް ޕީ އެސްއެމް ނިއުސް ވެބްސައިޓް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން؛
- ޕީ އެސްއެމް ނިއުސް ވެބްސައިޓް ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިއުސް މެނޭޖްމަންޓް އާއި އެކު މަޝްވަރާކުރުން؛
- އާޓިކަލް ޕްރެޒެންޓޭޝަން ރަނގަޅުކުރުމަށްޓަކައި ކަމުގެ ތަޖުރިބާ ލިބފައިވާ ފަންނީމީހުން ( ވެބް ޑިޒައިން ކުރާ މީހުންނާއި، މާކެޓިންގ ޓީމާއި، އަދި ފޮޓޯގްރާފަރުންނާއި ) ގުޅިގެން މަސައްކަތްކުރުން؛
- އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން؛
- އެޑިޓޯރިއަލް/ ޕްލޭނިންގ/ އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުން؛
- ކަޑައެޅޭ ކޮންމެ ޝިފްޓް ޑިއުޓީ އަށް ނުކުމެ މަސައްކަތްކުރުން؛
- މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން؛
- މީގެ އިތުރުން އިސްވެ ދެންނެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނުނަމަވެސް، ދިމާވާ ހާލަތަކާއި ގުޅިގެން ނުވަތަ ހާއްސަ ހާލަތްތަކާ ގުޅިގެން ޑައިރެކްޓަރ ނިއުސް ނުވަތަ ނިއުސް އެވަގުތު އިސްކޮށްހުންނަ ފާރަތް އަންގަވާ އެހެނިހެން ކަންކަން ކުރުން؛
|