Jobs

Salary
MVR 8,150+
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 8,150+
ސަރވިސް އެލަވަންސް:: -/3,000 ރުފިޔާ
އިތުރު އެލަވަންސްތައް:
އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.
Job Description

މަޤާމުގެ ޝަރުތު:

  • މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެން އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕީ.އެސް.އެމް ގެ ގާނޫނަށާއި ސިޔާސަތުތަކަށާއި ކުންފުނީގެ މުވައްޒަފުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވެ ބޯލެމުން؛
  • ޚަބަރާއި މައުލޫމާތު ޕީ.އެސް.އެމް ގެ ވެބް މީޑިއަމަށް ގެނެސްދިނުން؛ 
  • ވެބްސައިޓްގައި އިސްކަންދޭންޖެހޭ ޚަބަރުތައް ދެނެގަނެ ، އެޑިޓަރުންނާއި ޖަރނަލިސްޓުންނަށް މިޚަބަރުތައް ކަވަރ ކުރުމަށް ހަވާލުކުރުން؛ 
  • ވެބް ކޮންޓެންޓް ދިރާސާކުރުމާއި، ޕްލޭންކުރުމާއި، އެޑިޓްކުރުމާއި، ލިޔުމުގެ ޒިންމާ އުފުލުން؛
  • ޑިރެކްޓަރ ނިއުސް ގެ ލަފާގެ މަތިން ، ވަގުތުން ވަގުތައް ބްރޭކް ކުރަންޖެހޭ ޚަބަރުތައް ބްރޭކްކުރުން؛
  • އައު ޚަބަރާއި ފީޗަރ ރިޕޯޓް ފަދަ ކޮންޓެންޓް ހެދުމަށް ޖަރނަލިސްޓުންނަށް ޚިޔާލު ދިނުމާއި ސްކްރިޕްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛ 
  • ވެބްސައިޓަށްލާ ކޮންޓެންޓުގައި ބޭނުންކުރާ ފޮޓޯތަކާއި، ގްރެޕިކްސް، ވީޑިއޯ އަދި   އާރޓްވޯކްތައް   ބަލާ ޗެކްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛  
  • ވެބްސައިޓްގައި ހިމަނާ ކޮންޓެންޓަކީ ނިއުސްވާރދީ ކޮންޓެންޓެއްތޯ ބެލުމާއި، ކޮންޓެންޓުގެ ސައްޙަކަން ކަށަވަރުކުރުން؛  
  • ވެބްސައިޓްގައި ހިމަނާ ކޮންޓެންޓަކީ ކޮޕީރައިޓް ކޮންޓެންޓެއްތޯ ބަލާ ޕީ އެސްއެމްގެ އެޑިޓޯރިއަލް ޤަވާއިދަށް ފެތޭތޯ ބެލުން؛
  • ވެބްސައިޓްއަށް ވަންނަ މީހުންގެ ޕޮޕިއުލަރިޓީ ބެލުން އަދި ކޮންޓެންޓްގެ ވިޝުއަލް ލޭއައުޓް ބެލެހެއްޓުން؛ 
  • ވެބްސައިޓަށްލާ ޚަބަރުތައް، އަޕްލޯޑް ކުރުމުގެ ކުރިން އެ ޚަބަރުތައް ޕީއެސްއެމްގެ  އެޑިޓޯރިއަލް ޤަވާއިދަށް ފެތޭތޯ ބަލާ، ޗެކްކުރުން. އަދި ސްކްރިޕްޓް ތައް އެޑިޓްކުރުން ނުވަތަ އެޑިޓްކޮށް ޕްރޫފްރީޑް ކުރުން؛ 
  • ކޮންޓެންޓް އެޑިޓަރުންނާއި މަޝްވަރާކޮށްގެން ޕީ އެސްއެމް ނިއުސް ވެބްސައިޓަކީ މީހުން ކިޔާ ހިއްވާ ކޮންޓެންޓްތައް ހުންނަ ވެބް ސައިޓްއެއްގެ ގޮތުގައި ހެދުމަށް ގަދައަޅައި މަސައްކަތްކުރުން؛
  • ސޯޝަލް މީޑިއާގައި، ތާޒާ މަޢުލޫމާތު ފޮރުކޮށްދިނުމަށް އައު ޚިޔާލު ދިނުމާއި، ނިއުސް ވެބްސައިޓްގައި ހުންނަނީ އެންމެ ތަޒާ ޚަބަރުކަން ޔަޤީން ކުރުން؛  
  • ވެބް ޓެކްނޮލޮޖީގެ އާ ޓްރެންޑްތަކާ އެއްވަރަށް ޕީ އެސްއެމް ނިއުސް ވެބްސައިޓް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން؛ 
  • ޕީ އެސްއެމް ނިއުސް ވެބްސައިޓް ރަނގަޅުކުރުމަށް ކުރަންޖެހޭ  އެންމެހާ މަސައްކަތްތައް ނިއުސް މެނޭޖްމަންޓް އާއި އެކު މަޝްވަރާކުރުން؛
  • އާޓިކަލް ޕްރެޒެންޓޭޝަން ރަނގަޅުކުރުމަށްޓަކައި ކަމުގެ ތަޖުރިބާ ލިބފައިވާ ފަންނީމީހުން ( ވެބް ޑިޒައިން ކުރާ މީހުންނާއި، މާކެޓިންގ ޓީމާއި، އަދި ފޮޓޯގްރާފަރުންނާއި ) ގުޅިގެން މަސައްކަތްކުރުން؛  
  • އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން؛ 
  • އެޑިޓޯރިއަލް/ ޕްލޭނިންގ/ އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުން؛ 
  • ކަޑައެޅޭ ކޮންމެ ޝިފްޓް ޑިއުޓީ އަށް ނުކުމެ މަސައްކަތްކުރުން؛ 
  • މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން؛ 
  • މީގެ އިތުރުން އިސްވެ ދެންނެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނުނަމަވެސް، ދިމާވާ ހާލަތަކާއި ގުޅިގެން ނުވަތަ  ހާއްސަ ހާލަތްތަކާ ގުޅިގެން ޑައިރެކްޓަރ ނިއުސް ނުވަތަ ނިއުސް އެވަގުތު އިސްކޮށްހުންނަ ފާރަތް އަންގަވާ އެހެނިހެން ކަންކަން ކުރުން؛

މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް

https://www.gazette.gov.mv/iulaan/217550

 

Requirements and Qualifications

Minimum Experience
Not Specified
Minimum Qualification
Diploma

Documents to Submit

Documents
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

Other Information

Employment Type
  • Full-Time
Field of work
  • Information and Communication Technology (ICT)
Published Date
20 December 2022
Expiry Date
27 December 2022