ވަޒީފާތައް

މުސާރަ
8,000 ރުފިޔާ - 13,000 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,000 ރުފިޔާ - 13,000 ރުފިޔާ
ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އުފެއްދުމަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު.
ސޭލްސް އަދި ޕްރޮޑަކްޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުސަތު.
ފްލެކްސިބަލް އަދި ހަރަކާތްތެރި މަސައްކަތުގެ މާހައުލެއް.
ބޯނަސް (އިޚްތިޔާރީ).
'SaaS' (Software as a Service) ސޭލްސްގެ ދާއިރާއިން ތަޖުރިބާ ހުރުން.
ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ ރީޓެއިލް ވިޔަފާރީގެ ދާއިރާގައި ގުޅުންތައް ގާއިމުވެފައިވުން.
ޑިޖިޓަލް މާކެޓިންގގެ ހުނަރު ހުރުން (ސޯޝަލް މީޑިއާ، އިޝްތިހާރު ކުރުން އަދި ކޮންޓެންޓް ތައްޔާރުކުރުން).
ވަޒީފާގެ ތަފްޞީލު

އަޅުގަނޑުމެން މި ހޯދަނީ މި ކުންފުނިން އުފައްދާފައިވާ ސޮފްޓްވެއަރ/އެޕްލިކޭޝަންތައް މާކެޓްކޮށް، އެ ތަކެތި ބޭނުންކުރާ ފަރާތްތަކުގެ އަދަދު އިތުރުކުރުމަށް ހީވާގިކަމާއެކު ނަތީޖާ ނެރެދޭނެ ސޭލްސް އެންޑް މާކެޓިންގ އޮފިސަރެކެވެ. މި ވަޒީފާގެ މައިގަނޑު އަމާޒަކީ ފިހާރަތަކާއި، ކެފޭތަކާއި އަދި ރީޓެއިލް ވިޔަފާރިތައް ފަދަ އައު ކަސްޓަމަރުން ހޯދައި، އެފަރާތްތަކާ އޮންނަ ގުޅުން ބަދަހިކޮށް، ބްރޭންޑްގެ މަޤްބޫލުކަން އިތުރުކުރުމެވެ.

މައިގަނޑު މަސްއޫލިއްޔަތުތައް:

1. ސޭލްސް އަދި ބިޒްނަސް ޑިވެލޮޕްމަންޓް

  • ޚިދުމަތް ބޭނުންވެދާނެ ފަދަ އައު ކަސްޓަމަރުން (ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް) ދެނެގަނެ، އެފަރާތްތަކާ ގުޅުން އުފެއްދުން.
  • ކުންފުނިން އުފައްދާފައިވާ ސިސްޓަމްތަކުގެ މައުލޫމާތު ދިނުމާއި އޭގެ 'ޑެމޯ' ދައްކައިދިނުން.
  • ހަރުދަނާ ސޭލްސް އުކުޅުތައް ބޭނުންކޮށްގެން، ޚިދުމަތަށް ޝައުގުވެރިވާ ފަރާތްތައް ދާއިމީ ކަސްޓަމަރުންނަށް ބަދަލުކުރުން.
  • ކަނޑައެޅިފައިވާ މަހު ފީ އަދި ކުއާޓާލީ ސޭލްސް ޓާގެޓްތައް ހާސިލްކުރުން.
  • ޚިދުމަތަށް އެދިފައިވާ ފަރާތްތަކުގެ މަސައްކަތްތައް މެދުނުކެނޑި ފޮލޯ-އަޕް ހަދައި ބެލެހެއްޓުން.

2. މާކެޓިންގ އަދި ޕްރޮމޯޝަން

  • އޮންލައިން އަދި އޮފްލައިން މާކެޓިންގ ކެމްޕޭންތައް ރާވައި ހިންގުން.
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އިޝްތިހާރުތައް ބެލެހެއްޓުން.
  • މާކެޓިންގ މެޓީރިއަލްސް ތައްޔާރުކުރުމަށްޓަކައި ޑިޒައިން އަދި ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތްކުރުން.
  • ޕްރޮޑަކްޓް ޑެމޯތަކާއި، އެކި އިވެންޓްތަކާއި އަދި ކަސްޓަމަރުންނަށް ކުރާ ޒިޔާރަތްތައް އިންތިޒާމުކުރުން.
  • ފަތުރުވެރިކަމުގެ ދާއިރާ އަދި ރީޓެއިލް ދާއިރާގައި ބްރޭންޑްގެ މަޤްބޫލުކަން އިތުރުކުރުން.

3. ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް

  • ކަސްޓަމަރުންނާއެކު ބަދަހި އަދި އިތުބާރު ހުރި ގުޅުމެއް ދެމެހެއްޓުން.
  • ކަސްޓަމަރުންގެ ޚިޔާލާއި ޝަކުވާތައް އަޑުއަހައި، އެ މައުލޫމާތުތައް ޕްރޮޑަކްޓް ޓީމާ ހިއްސާކުރުން.
  • އައު ކަސްޓަމަރުންނަށް ސިސްޓަމް ބޭނުންކުރާނެ ގޮތުގެ އަސާސީ އިރުޝާދުތައް ދިނުން.
  • ކަސްޓަމަރުންގެ ހިތްހަމަޖެހުން ކަށަވަރުކޮށް، ދާއިމީ ކަސްޓަމަރުންގެ ގޮތުގައި އެފަރާތްތައް ބޭތިއްބުމަށް މަސައްކަތްކުރުން.

4. މާކެޓް ރިސާޗް އަދި ސްޓްރެޓެޖީ

  • ވާދަވެރި ފަރާތްތަކާއި ބާޒާރުގެ އައު އާދަކާދަތައް ދިރާސާކުރުން.
  • ވިޔަފާރި ފުޅާކުރެވޭނެ އައު ފުރުސަތުތަކާއި ޕާޓްނަޝިޕްތައް ދެނެގަތުން.
  • އުފެއްދުންތައް ބާޒާރުގައި ނެރޭނެ ގޮތާއި އަގުތަކަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުން ލަފާދިނުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ޑިޕްލޮމާ
ޢުމުރު
20 އަހަރު - 25 އަހަރު

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • އައިޑީ ކާޑު
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތައް
  • ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް / ރިފަރެންސްތައް (ފްރީލާންސް މަސައްކަތް ނަމަ)
  • Past works / references (if done freelance works)

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ޗާޕުކުރުމުގެ މަސައްކަތް
  • ޕްރޮގުރާމްކުރުމާއި ބްރޯޑްކާސްޓިންގެ ކަންތައް
  • ވެބް ހޯސްޓް ކުރުމާއި ޑޭޓާ ޕްރޮސެސް ކުރުމުގެ ޚިދުމަތް
  • އެހެނިހެން ޕްރޮފެޝަނަލް، ސައިންޓިފިކް އަދި ޓެކްނިކަލް އެކްޓިވިޓީސް
މަޤާމްތައް
  • ސޭލްސް އެންޑް މާކެޓިންގ އެގްޒެކެޓިވް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Information and Communication Technology (ICT)
ބޭނުންވާ ފަންނުތައް
  • މުވާސަލާތުކުރުން
  • ގްރެފިކްސް ޑިޒައިނިންގ
  • ސޭލްސް އަދި މާކެޓިންގ
ޝާޢިއުކުރި ތާރީޚް
30 މާރިޗު 2026
މުއްދަތު ހަމަވާ ތާރީޚް
9 އޭޕްރީލު 2026