އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމު: |
އޮފިސަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން |
|
ޑޕާޓްމަންޓް: |
ކޯޕަރޭޓް ޑިޕާޓްމަންޓް |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ |
|
އަސާސީ މުސާރަ: |
6،000.00 ރުފިޔާ އާއި 6،500.00 ރުފިޔާއާ ދެމެދު |
|
ސަރވިސް އެލަވަންސް: |
90.00 ރުފިޔާ އާއި 100.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) |
|
ޙާޒިރީ އެލަވަންސް: |
125.00 ރުފިޔާ އާއި 150.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް) |
|
އެހެނިހެން އިނާޔަތްތައް: |
މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
· ސީ.އޭ މޯލްޑިވްސްގެ މަޤާމްތަކަށް މީހުން ހޯދުމާއި، ވަކިވާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން. · މުވައްޒަފުންގެ މުސާރަ ހެދުމަށްޓަކައި ހިއުމަން ރިސޯސްއިން ނިންމަށްޖެހޭ މަސައްކަތްތައް ކަނޑައަޅާފައިވާ ޑެޑްލައިންއަށް ނިންމުން. · ވަޒީފާއާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދެނެގަނެ އެމަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. · ކޮންމެ އަހަރެއްގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކުރުން. · ސީ.އޭ މޯލްޑިވްސްގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ ސްޕަވައިޒަރުންގެ ލަފަޔާއިއެކު، ކަނޑައެޅިފައިވާ ޓްރެއިނިންގ ޝެޑިއުލް ސްޕަވައިޒަރުންނާއި ޙިއްސާކުރުމާއި، ޓްރެއިނިންގ ފުރިހަމަކުރާ މުވައްޒަފުންގެ ޝީޓް އުސޫލާއި އެއްގޮތަށް އަދާހަމަކޮށް ބެލެހެއްޓުން. · ސީ.އޭ މޯލްޑިވްސްގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެބަދަލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުންގެ އިރުޝާދުގެ ދަށުން ކުރުން. · ހިއުމަން ރިސޯސް ސެކްޝަންގެ އަހަރީ ރިޕޯޓާއި، އިންޓަރނަލް ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު މަހުން މަހަށް އަދާހަމަކޮށް ބެލެހެއްޓުން. · މުވައްޒަފުންގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން · މުވައްޒަފުން އެކިއެކު ބޭނުމަށް ހޯދަން އެދިލައްވާ ވަޒީފާގައި އުޅޭކަމުގެ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން. · ޗުއްޓީއަށް އެދިލައްވާ މުވައްޒަފުންގެ ޗުއްޓީ ފެށުމުގެކުރިން ޗުއްޓީ ޗިޓު ފޮނުވުން. · ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް އިންޑަކްޝަން ހިންގުން. · ސީ.އޭ މޯލްޑިވްސްގެ އެޕޮއިންޓްމެންޓްތައް ހަމަޖައްސައި ބެލެހެއްޓުން، އިދާރީ މަސައްކަތް ބެލެހެއްޓުން. · އޮފީހަށް ލިބޭ ތަކެތި އެންޓްރީކުރުމާއި ސުޕަވައިޒަރުގެ ލަފާގެ މަތިން އެންޓްރީތައް ފޮނުވަންޖެހޭ ފަރާތްތަކަށް ރޫޓްކުރުން. · ސިޓީ، ނޯޓް، މެސެޖްފަދަ ތަކެތި ފޮނުވުމަށްޓަކައި އީ-ގަވަރމެންޓުން ނަމްބަރު ހޯދުމަށްފަހު އީ-ގަވަރމަންޓް މެދުވެރިކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި ރިކޯޑްސް ފައިލްކޮށް ބެލެހެއްޓުން. · އަހަރު ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން. · ސީ.އޭ މޯލްޑިވްސްގެ ސްޓޮކަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަށް މުދާ ގަންނަށް އެދޭ ފޯމް ފުރިހަމަކޮށް ޕްރޮކިއުމަންޓަށް ފޮނުވުން. · ޔުނިޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން. · ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އަޕްޓޭޑް، ކޮންމެ ދުވަހަކު މެނޭޖަރަށާއި ސީ.އީއޯއަށް ހިއްސާކުރުން. · ސީ.އޭ މޯލްޑިވްސްގެ މަސައްކަތްތަކުގައި ޓީމުގެ އެހެން މެމްބަރުންނަށް އެހީތެރިކަން ދޭންޖެހޭ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުން. · ސީ.އޭ މޯލްޑިވްސްގެ އިވެންޓްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ހިންގާ އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން. · އޮފީހަށް ލިބޭ އަދި އިންސްޓިޓިއުޓުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ބެލެހެއްޓުން. · ސީއީ މޯލްޑީވްސްގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގައި މެނޭޖްމަންޓަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން. · ސީ.އޭ މޯލްޑިވްސްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ. |
|
މަޤާމުގެ ޝަރުތުތައް: |
· މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން، ނުވަތަ · މަޤާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ · މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ · މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް: |
· އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން. · އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން. · މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން. · ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން. · އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
· ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" · ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) · ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ · އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ · މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 6 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ. |
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. |