Jobs

Salary
MVR 12,450 - MVR 14,000
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 12,450 - MVR 14,000
Job Description

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އޮފިސަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ޑޕާޓްމަންޓް:

ކޯޕަރޭޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ

އަސާސީ މުސާރަ:

6،000.00 ރުފިޔާ އާއި 6،500.00 ރުފިޔާއާ ދެމެދު

ސަރވިސް އެލަވަންސް:

90.00 ރުފިޔާ އާއި 100.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)

ޙާޒިރީ އެލަވަންސް:

125.00 ރުފިޔާ އާއި 150.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އިނާޔަތްތައް:

މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·     ސީ.އޭ މޯލްޑިވްސްގެ މަޤާމްތަކަށް މީހުން ހޯދުމާއި، ވަކިވާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.

·     މުވައްޒަފުންގެ މުސާރަ ހެދުމަށްޓަކައި ހިއުމަން ރިސޯސްއިން ނިންމަށްޖެހޭ މަސައްކަތްތައް ކަނޑައަޅާފައިވާ ޑެޑްލައިންއަށް ނިންމުން.

·     ވަޒީފާއާއިބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާ ސަރކިއުލަރތަކުގައި ހިމެނޭ މަޢުލޫމާތު ދުވަހުން ދުވަހަށް ދެނެގަނެ އެމަޢުލޫމާތުތައް މުވައްޒަފުންނާއި ހަމައަށް ފޯރުވައި ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

·     ކޮންމެ އަހަރެއްގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކުރުން.

·     ސީ.އޭ މޯލްޑިވްސްގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ ސްޕަވައިޒަރުންގެ ލަފަޔާއިއެކު، ކަނޑައެޅިފައިވާ ޓްރެއިނިންގ ޝެޑިއުލް ސްޕަވައިޒަރުންނާއި ޙިއްސާކުރުމާއި، ޓްރެއިނިންގ ފުރިހަމަކުރާ މުވައްޒަފުންގެ ޝީޓް  އުސޫލާއި އެއްގޮތަށް އަދާހަމަކޮށް ބެލެހެއްޓުން.

·     ސީ.އޭ މޯލްޑިވްސްގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެބަދަލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުންގެ އިރުޝާދުގެ ދަށުން ކުރުން.

·     ހިއުމަން ރިސޯސް ސެކްޝަންގެ އަހަރީ ރިޕޯޓާއި، އިންޓަރނަލް ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު މަހުން މަހަށް އަދާހަމަކޮށް ބެލެހެއްޓުން.

·     މުވައްޒަފުންގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން

·     މުވައްޒަފުން އެކިއެކު ބޭނުމަށް ހޯދަން އެދިލައްވާ ވަޒީފާގައި އުޅޭކަމުގެ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.

·     ޗުއްޓީއަށް އެދިލައްވާ މުވައްޒަފުންގެ ޗުއްޓީ ފެށުމުގެކުރިން ޗުއްޓީ ޗިޓު ފޮނުވުން.

·     ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް އިންޑަކްޝަން ހިންގުން.

·     ސީ.އޭ މޯލްޑިވްސްގެ އެޕޮއިންޓްމެންޓްތައް ހަމަޖައްސައި ބެލެހެއްޓުން، އިދާރީ މަސައްކަތް ބެލެހެއްޓުން.

·     އޮފީހަށް ލިބޭ ތަކެތި އެންޓްރީކުރުމާއި ސުޕަވައިޒަރުގެ ލަފާގެ މަތިން އެންޓްރީތައް ފޮނުވަންޖެހޭ ފަރާތްތަކަށް ރޫޓްކުރުން.

·     ސިޓީ، ނޯޓް، މެސެޖްފަދަ ތަކެތި ފޮނުވުމަށްޓަކައި އީ-ގަވަރމެންޓުން ނަމްބަރު ހޯދުމަށްފަހު އީ-ގަވަރމަންޓް މެދުވެރިކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި ރިކޯޑްސް ފައިލްކޮށް ބެލެހެއްޓުން.

·     އަހަރު ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

·     ސީ.އޭ މޯލްޑިވްސްގެ ސްޓޮކަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަށް މުދާ ގަންނަށް އެދޭ ފޯމް ފުރިހަމަކޮށް ޕްރޮކިއުމަންޓަށް ފޮނުވުން.

·     ޔުނިޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.

·     ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އަޕްޓޭޑް، ކޮންމެ ދުވަހަކު މެނޭޖަރަށާއި ސީ.އީއޯއަށް ހިއްސާކުރުން.

·     ސީ.އޭ މޯލްޑިވްސްގެ މަސައްކަތްތަކުގައި ޓީމުގެ އެހެން މެމްބަރުންނަށް އެހީތެރިކަން ދޭންޖެހޭ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

·     ސީ.އޭ މޯލްޑިވްސްގެ އިވެންޓްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ހިންގާ އެހެނިހެން ހަރަކާތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.

·     އޮފީހަށް ލިބޭ އަދި އިންސްޓިޓިއުޓުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ރަނގަޅަށް ބެލެހެއްޓުން.

·     ސީއީ މޯލްޑީވްސްގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގައި މެނޭޖްމަންޓަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

·     ސީ.އޭ މޯލްޑިވްސްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.

މަޤާމުގެ ޝަރުތުތައް:

·     މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން، ނުވަތަ

·     މަޤާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

·     މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

·     މަޤާމާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:

·     އިދާރީ ހުނަރުތަކާއި ދިރާސާކުރުމުގެ ހުނަރު ލިބިފައިވުން.

·     އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

·     މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.

·     ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

·     އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ

ލިޔުންތައް:

 

·     ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"

·     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

·     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

·     އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ

·     މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު" އާއި އެހެނިހެން ލިޔެކިޔުން ހުށަހަޅާނީ 6 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.

ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

Requirements and Qualifications

Minimum Experience
Not Specified

Other Information

Employment Type
  • Full-Time

Login to apply for this job