އެޕްރެންޓިސްޝިޕް ޕްރޮގްރާމް

ޕްރޮގްރާމުގެ ތަޢާރަފް

 މޯލްޑިވްސް ކޮވިޑް-19 އިމެޖެންސީ އިންކަމް ސަޕޯޓް (އެމް.ސީ.އީ.އައި.އެސް.ޕީ) ޕްރޮޖެކްޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، އޭގެ ތެރެއިން ވަޒީފާ ގެއްލިފައިވާ ފަރާތްތައް ވަޒީފާގެ ބާޒާރަށް ނެރުމަށް މަގުފަހިކޮށްދިނުމެވެ.
މި ޕްރޮގްރާމުގެ ދަށުން، މޯލްޑިވްސް ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ) އިން ފާސްކުރެވިފައިވާ ކުރު މުއްދަތުގެ ތަމްރީނު ކޯސްތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށެވެ. މި ޕޮރްގްރާމްގައި ބައިވެރިވާ ކުންފުނިތައް އަދި ހުޅުވާލެވޭ ތަމްރީން ދާއިރާތައް ކުރިއަށް އޮތް ދުވަސްތަކުގައި ޖޮބް ސެންޓަރގައި ލިސްޓް ކުރެވިގެންދާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ތަފްސީލް އަދި ބައިވެރިވުމުގެ ޝަރުތުތައް ތިރީގައިވާ އުސޫލުގައި ބަޔާންކުރެވިފައިވާނެއެވެ.

ޕްރޮގްރާމާ ގުޅުންހުރި ލިޔެކިޔުންތައް