ގްރާންޓްސް ފޯ ވިމެން ލެޑް ބިޒްނަސެސް

ތަޢާރަފް

މި ޕްރޮގްރާމުން ކުދި ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް އަދި ވިޔަފާރިކުރުމުގެ ނިޔަތުގައި މަސައްކަތެއް ފަށައި، ނަމަވެސް ވިޔަފާރި ރަޖިސްޓަރީ ކޮށްފައިނުވާ، އެހެންނަމަވެސް މި ގްރާންޓް ޕްރޮގްރާމްތަކުގެ ދަށުން މާލީ އެހީތެރިކަން ލިބިއްޖެނަމަ ރަޖިސްޓަރީ ކޮށްގެން ވިޔަފާރިކުރަން ގަސްދުކުރާ ފަރާތްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމް ހާއްސަ ކުރެވިގެން ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ، މާލެ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށީ ސިޓީ ގައެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށް ގިނަވެގެން 100،000 ރުފިޔާ އާއި ހަމައަށް މާލީ އެހީ ފޯރުކޮށްދިނުމަށް 100 ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮގްރާމަށް އެދި ހުށައެޅޭނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. އަމިއްލަ ފަރުދުންގެ އިތުރުން ވިޔަފާރި (ސޯލް ޓްރޭޑަރ، ޕާރޓްނާޝިޕް، ލިމިޓެޑް ކޮމްޕެނީ) އަށްވެސް ކުރިމަތިލެވޭނެއެވެ.

މައިކްރޯ ބިސްނަސް އެއް ގޮތުގައި މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތެއްނަމަ އެ ވިޔަފާރިއެއް މަދުވެގެން އެކެއް (1) އަހަރު ދުވަހުގެ މުއްދަތަށް މަތީގައި ބަޔާން ކޮއްފައިވާ ސިޓީއެއްގައި ވިޔަފާރި ކުރަމުން އައިސްފައިވާ ކަމުގެ ކައުންސިލްގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

އަލަށް ފަށާ ވިޔާފާރިއެއްނަމަ، މަތީގައި ބަޔާން ކުރެވިފައިވާ ސިޓީތަކުގެ ތެރެއިން ސިޓި އެއްގައި މަދުވެގެން އެކެއް (1) އަހަރު ދުވަހުގެ މުއްދަތަށް އުޅެމުން އައިސްފައިވާ ކަމުގެ ކައުންސިލްގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

މި ގްރާންޓް އަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އެންޓަރޕްރަނަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވައިވާ ފަރާތްތަކަށްށެވެ.

ޖެނުއަރީ 2020 އިން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ފަރާތުން ހިންގާފައިވާ އެއްވެސް ގްރާންޓްސް ޕްރޮގްރާމަކުން (މީގެތެރޭގައި މީރީ ޕްރޮޖެކްޓްގެ "ބިޒްނަސް ޕިޗް ކޮމްޕެޓިޝަން" (BPC) ޕްރޮގްރާމާއި " ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯރޓް އެލަވަންސް ޕްރޮޖެކްޓް" (ISA) ޕްރޮޖެކްޓުގެ "ސެލްފް އެމްޕްލޮއިމަންޓް" ގްރާންޓް ޕްރޮގްރާމް ހިމެނެއެވެ.) އެހީ ލިބިފައިވާ ފަރާތެއްކަމުގައި ނުވުން.

އެޕްލިކޭޝަން ހުށަހެޅުމަށް

ގުޅުންހުރި ލިޔުންތައް

Grants for Women-led Businesses Usoolu