ވަޒީފާތައް

މުސާރަ
6,600 ރުފިޔާ - 10,100 ރުފިޔާ
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
6,600 ރުފިޔާ - 10,100 ރުފިޔާ
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ%20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތް ކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

·         ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯ މެޓީރިއަލްސްތައް ޖަރނަލިސްޓުން / އެޑިޓަރުން  ބޭނުންވާ ގޮތަށް އަދި ލިބިފައި ހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަގަޅަށް އެޑިޓްކުރުން.

·         އެޑިޓް ކުރެވުނު ވީޑިއޯގައި އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމަށްޓަކައި ޖަރނަލިސްޓް ނުވަތަ އެޑިޓަރ ބޭނުންވެއްޖެ ހާލަތެއްގައި ރިވިއުކޮށްދިނުން.

·         އެޑިޓް ކުރެވުނު ވީޑިއޯ ވީ އެންމެ އަވަހަށް އޮންއެއަރ އަށާއި އެހެނިހެން ޕްލެޓްފޯމް ތަކަށް ފޮނުވުން.

·         ޚަބަރާއި ޕްރޮގްރާމްތަކުގައި ބޭނުންކުރާ ރޯ މެޓީރިއަލްސްތައް، ޖަރނަލިސްޓް ނުވަތަ އެޑިޓަރ ބުނާގޮތަށް އަރކައިވް ކުރުން.

·         އެޑިޓްކުރާ ޚަބަރު، ރިޕޯޓް، ޑޮކިއުމެންޓްރީ އަދި ޕްރޮގްރާމްތައް ރަގަޅަށް ޖަރނަލިސްޓް ނުވަތަ އެޑިޓަރ ބުނާގޮތަށް ލޭބަލްކޮށް އާކައިވް ކުރުން.

·         ޚަބަރާއި ޕްރޮގްރާމްތައް އެޑިޓްކުރުމަށް ބޭނުންކުރާ ސިސްޓަމްތަކަށް އަޅާ، ޑޭޓާތައް އޮންނަ އުޞޫލެއްގެ ދަށުން ފޮހެމުން ގެންދިއުން.

·         ލައިވްކުރާ އެކި އިވެންޓްތައް ލައިވް އިންޖަސްޓް ކުރާ ސިސްޓަމް އަށް، ޖަރނަލިސްޓުން / އެޑިޓަރުން ބުނާ ގަޑިއެއްގައި ރެކޯޑްކުރުމާއި ޤަވައިދުން އެސިސްޓަމްގެ ޖާގަ ހުސްކުރަމުން ގެންދިއުން.

·         ޚަބަރާއި ޕްރޮގްރާމްތައް ފޮނުވާ އޮންއަރ ސިސްޓަމް ދުވަހުން ދުވަހަށް ފޮހެމުން ގެންދިއުން.

·         އެކި ފަރާތްތަކުން ރިކޯޑް ކުރުމަށް އަންނަ ކޮންޓެންޓް ރެކޯޑް ކޮށް ދިނުން.

·         އެޑިޓުކުރެވުނު ޕްރޮގްރާމް ނުވަތަ ޕްރޮޖެކްޓް ޓޭޕްއަށް ރިކޯޑުކުރަން ފެށުމުގެ ކުރިން (ވީޑިއޯ/އޯޑިއޯ ސިގްނަލް) ހުންނަންޖެހޭ ލެވެލްގަތޯ ބަލާ ޗެކްކުރުން.

·         މީގެ އިތުރުންވެސް ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތަކާއި ޙާއްސަ ހާލަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އޮފީހުން އަންގާގޮތެއްގެ މަތިން ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޯލެވެލް
ޢުމުރު
18 އަހަރު+

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ.
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
3 ޖުލައި 2025
މުއްދަތު ހަމަވާ ތާރީޚް
9 ޖުލައި 2025
އެޕްލިކޭޝަން ހުށަހެޅުމަށް