ވަޒީފާތައް

މުސާރަ
7,495 ރުފިޔާ - 13,865 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
7,495 ރުފިޔާ - 13,865 ރުފިޔާ
7,495 ރުފިޔާ - 13,865 ރުފިޔާ
މުސާރަ: މަހަކު 7495.00 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު 2998.00 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު 3372.75 ރުފިޔާ
ވަޒީފާގެ ތަފްޞީލު

މަގާމު:                  

ބޭނުންވާ ޢަދަދު:

މަގާމުގެ ބާވަތް:

މަގާމުގެ ރޭންކް: 

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

 

ޓްރޭނިންގ އެންޑް އެޑްވޮކަސީ އޮފިސަރ / JN-033

1 (އެކެއް)

ދާއިމީ

DMT2-1

ޓްރެއިނިންގ އެންޑް އެޑްވޮކަސީ ޔުނިޓް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މަގާމުގެ ޝަރުތުތައް:

1.      ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

2.      ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

1.      ރާއްޖެއަށް ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

2.      މިއޮތޯރިޓީގެ އޮންކޯލް ޑިއުޓީ ފޯނު ޙަވާލުކުރާ ހަފްތާގައި ފޯނުލޮގް ބަލަހައްޓައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.  

3.      ކާރިސާއެއްގެ ކުރިން، ރަށްތަކަށް ކުރިމަތިވެދާނޭ ކާރިސީ ހިރާސްތައް ދެނެގެ ގެއްލުން ކުޑަކުރުމާއި ގުޅޭ އެންމެ މައުލޫމާތު ރަށްތަކާއި ހިއްސާކުރުމާއި، ކާރިސާގެ ވަގުތުގައި ނުރައްކަލާގުޅޭ މަޢުލޫމާތު ރަށްތަކަށާއި ސަރަހައްދުތަކަށް ދިނުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ސަރަޙައްދުތަކަށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން.

4.      ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއާއި ގުޅޭގޮތުން ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން.

5.      ރާއްޖޭގެ ރަށްތަކަށް ކާރިސީ ހިރާސް އޮތް މިންވަރު ދެނެގަތުމަށް ބޭނުންވާ އެސެސްމެންޓްތައް، ރަށު ކައުންސިލްތަކާއި، ކަމާއިގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ތައްޔާރު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން.

6.      ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ޕްރޮގްރާމްތައް ރާވައި ކުރިއަށްގެންދިއުމާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

7.      ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި އަދި އެކަމާބެހޭ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބާރުލުން ލިއްބައިދޭ ނިޒާމުތައް ޤާއިމުކުރުން؛ އަދި ކާރިސާއެއްގެ ވަގުތުގައި ފުރަތަމަ ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

8.      ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ރާއްޖެއިން ބޭރުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުގައި މި އޮތޯރިޓީ ތަމްސީލްކުރުން.

9.      ސަރުކާރާއި އެހެނިހެން ދާއިރާތަކުގައި ކާރިސާއަށް  އަހުލުވެރިކަން އިތުރުކުރުމާއި ދިވެހި ރެޑް ކްރެސެންޓާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވެ ދިނުން.

10.  ރާއްޖެއާއި ރާއްޖެއިން ބޭރުން (ޑިޒާސްޓަރ ރިސްކް ރިޑަކްޝަނާއި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަންއާއިގުޅޭ) ލިބޭ ޓްރޭނިންތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަމުގެ ތަމްރީނު ލިބި އެކަމާއިގުޅޭ ޓްރޭނިންގތައް  ހިންގައި މީހުން ބިނާކުރުމުގެ މަސައްކަތް ކުރުން.

11.  ކާރިސާއެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން ރައްޔިތުންގެ ތެރޭގައި އިތުރުކުރުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގާނޭ ވަސީލަތްތައް ގާއިމުކޮށް މަޢުލޫމާތު ރައްޔިތުންނަށް ޙިއްސާކުރުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

·   ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާއަ ލިބިފައިވާ މިންވަރު %45

·  ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:    

މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 03 މާރިޗު 2026 އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 މާރިޗު 2026 އިން 05 މާރިޗު 2026 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425 ،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • 5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  • 7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • އާންމު އިދާރިއްޔަތާއި ދިފާއީ ޚީދުމަތްތައް؛ ލާޒިމު އިޖުތިމާއީ ރައްކާތެރިކަން
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Services

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
24 ފެބްރުއަރީ 2026
މުއްދަތު ހަމަވާ ތާރީޚް
3 މާރިޗު 2026
އެޕްލިކޭޝަން ހުށަހެޅުމަށް