ވަޒީފާތައް

މުސާރަ
12,865 ރުފިޔާ - 24,443 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
12,865 ރުފިޔާ - 24,443 ރުފިޔާ
މުސާރަ: 12865.00 ރުފިޔާ
ސަރވިސް އެލަވަންސް: 5789.25 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: 5789.25 ރުފިޔާ

އިތުރު އިނާޔަތްތައް:
1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ވަޒީފާގެ ތަފްޞީލު

މަގާމު:                  

ބޭނުންވާ ޢަދަދު:

މަގާމުގެ ބާވަތް:

މަގާމުގެ ރޭންކް: 

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

 

ޑިރެކްޓަރ – އިމަރޖެންސީ މެނޭޖްމަންޓް

1 (އެކެއް)

ދާއިމީ

DMT5-1

އިމަރޖެންސީ މެނޭޖްމަންޓް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

 

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

1.       އިމަރޖެންސީ މެނޭޖްމަންޓް ސެކްޝަންގެ އެންމެހާ މަސައްކަތް ރާވައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި މުވައްޒަފުންނަށް ބޭނުންވާ އިރުޝާދު ދިނުން

2.       ކާރިސާގެ ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން ސަލާމަތްވެ އާންމު ހާލަތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން ދޭންޖެހޭ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމައި އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން.

3.       ކާރިސާގެ ވަގުތުގައި ނުރައްކަލާގުޅޭ މަޢުލޫމާތު ރަށްތަކަށާއި ސަރަޚައްދުތަކަށް ފެތުރުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ސަރަޙައްދުތަކަށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން.

 

4.       މިއޮތޯރިޓީގެ  އިމަރޖެންސީ އޮޕަރޭޝަންގެ ސްޓޮކް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި މަސައްކަތް ސުޕަވައިޒްކުރުން.

5.        އޮންކޯލް ޑިއުޓީ ތާވަލު ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުން އަދި މި އޮތޯރިޓީގެ އޮންކޯލް ޚިދުމަތް މެދު ނުކެނޑި ލިބޭކަން ކަށަވަރުކުރުން.

6.       ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތީން ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމާއި އަލުން އިޔާދަވުމުގެ ހުރިހަ މަސައްކަތެއް ކަމާއިގުޅޭ އިދާރާތަކާއި އެކު އިސްވެ ކޯޑިނޭޓް ކުރުމާއި މަސައްކަތް ސުޕަވައިޒްކުރުން.

7.       ކާރިސާތަކާއި ގުޅޭ އެންމެހާ ޑޭޓާ ބެލެހެއްޓުމާއި ޑޭޓާ އެނަލައިޒްކޮށް ކާރިސާތަކާއި ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން.

8.       ކާރިސާތަކާއި ގުޅިގެން ހަދަންޖެހޭ އެސެސްމެންޓްތައް ހަދައި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތެއް ވިލަރެސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި އެ މަސައްކަތް ސުޕަވައިޒްކުރުން.

 

9.       ފުރަތަމަ އިޖާބަދޭ ފަރާތްތަކާއި ނާޒުކު ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ރެސްޕޮންސް ކެޕޭސިޓި އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަންކުރުމަށް އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން.

10.   ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ކާރިސާތަކަށް ތައްޔާރުވުމުމާއި ގެއްލުންކުޑަކުރުމުގެ ޕްރޮގްރާމްތައް ޤައުމީ އަދި ބައިނަލްއަޤްވާމީ އެކިއެކި ޖަމިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން، ރާއްޖޭގެ ރަށްރަށުގައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން.

11.   ރާއްޖެއާއި ރާއްޖޭން ބޭރުގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރާއްޖޭން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓަންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނަރތައް ރާވާ ހިންގުމަށް ބޭނުންވާނޭ އެންމެހާ އެހީތެރިކަމާ އެއްބާރުލުން ދިނުން.

12.   ރާއްޖެއިން ބޭރުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުފައި މި އޮތޯރިޓީ ތަމްސީލްކުރުން މީގެ އިތުރުން ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

13.   ކާރިސާތަކަށް އިޖާބަ ދިނުމާއި ކާރިސާގެކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް ބޭނުންވާ މުހިންމު ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި، ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރުގެ ލަފާގެމަތިން ގެނައުން.

 

މަގާމުގެ ޝަރުތުތައް:

1.       މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން (ޑިވެލޮޕްމަންޓަލް ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ހިއުމަނިޓޭރިއަން ލޯ، ހިއުމަން ސެކިއުރިޓީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސަސް ސައިކޮލޮޖީ، ސޯސިއޮލޮޖީ، ކައުންސެލިންގ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

2.      މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ޑިވެލޮޕްމަންޓަލް ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ހިއުމަނިޓޭރިއަން ލޯ، ހިއުމަން ސެކިއުރިޓީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ސޯޝަލް ސަރވިސަސް، ސޯޝަލް އެންޑް ބިހޭވިއަރަލް ސައިންސަސް (ސައިކޮލޮޖީ، ސޯސިއޮލޮޖީ، ކައުންސެލިންގ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

·         ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާއަ ލިބިފައިވާ މިންވަރު %45

·         ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:    

މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 03 އޮގަސްޓު 2026 އިން 13 އޮގަސްޓު 2026 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425 ،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ބަޗެލާރސް ޑިގްރީ

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
  • 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • 5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  • 7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • އާންމު އިދާރިއްޔަތާއި ދިފާއީ ޚީދުމަތްތައް؛ ލާޒިމު އިޖުތިމާއީ ރައްކާތެރިކަން
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Services

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ