ވަޒީފާތައް

މުސާރަ
18,945 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، ހުޅުމާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
18,945 ރުފިޔާ+
މަޤާމުގެ އެލަވަންސް: 10,850.00 ރުފިޔާ
އެހެނިހެން އެލަވަންސް:
1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/295 ރުފިޔާ
2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
ވަޒީފާގެ ތަފްޞީލު

އިޢުލާނު

މަޤާމު:

ސިވިލް އިންޖިނިއަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ މުއްދަތު:

12 މަސް ދުވަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ޖޮބް މެޓްރިކްސް ނަން:

ސިވިލް އިންޖިނިއަރުން

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8

މުސާރަ:

18,945.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

10,850.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1.ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/295 ރުފިޔާ

2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ އެންމެހާ ކޮންސްޓްރަކްޝަން މަޝްރޫޢުތައް ރާވައި ހިންގުމާއި، އެ މަޝްރޫޢުތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

2. މަޝްރޫޢުތަކަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ގަވާއިދުން މޮނިޓަރކޮށް، ކުރިއަށް ހުރި މަސައްކަތްތައް ރޭވުމާއި ކޯޑިނޭޓްކުރުން. މީގެ ތެރޭގައި މަސައްކަތަށް ބޭނުންވާ ހުއްދަތައް ވަގުތަށް ހޯދުމާއި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ހިމެނެއެވެ.

3. މަޝްރޫޢުތައް ހިނގަމުންދާ ސައިޓުތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޒިޔާރަތްކޮށް، ފަރުމާކޮށްފައިވާ ކުރެހުންތަކާއި ފަންނީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށް އިންސްޕެކްޝަންތައް ހެދުން. އަދި ސައިޓުގެ ހާލަތު ބަޔާންކޮށް ތަފްސީލީ ރިޕޯޓްތައް ތައްޔާރުކުރުމާއި، އިސްލާހުކުރަންޖެހޭ ކަންކަމުގައި ފަންނީ އިރުޝާދު ދިނުން.

4. ކޮންސަލްޓަންޓުންނާއި، ކޮންޓްރެކްޓަރުން އަދި އިންވެސްޓަރުން ހުށަހަޅާ ސްޓްރަކްޗަރަލް ޑިޒައިންތަކާއި، ކުރެހުންތައް މަޝްރޫޢުގެ މަގުސަދުތަކާ އެއްގޮތަށް ހުރިތޯ ބަލައި ދިރާސާކުރުން. މީގެ އިތުރުން، ބޭނުންވާ ހާލަތްތަކުގައި ޓެކްނިކަލް ޑިޒައިންތަކާއި، ބީ.އޯ.ކިއު (BOQ) އަދި ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، ހުރިހާ ލިޔެކިޔުންތަކެއް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެންވަރު ހިފެހެއްޓިފައިވާކަން ކަށަވަރުކުރުން.

5. މަޝްރޫޢުތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ދިމާވާ ޓެކްނިކަލް މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި، ސެކްޝަނުން ހަވާލުކުރާ މިފަދަ އެންމެހާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ނިންމުން.

6. މަޝްރޫޢުތަކާ ގުޅޭ ރިޕޯޓްތަކާއި އިދާރީ ލިޔެކިޔުންތައް އެކުލަވާލުމުގައި ފަންނީ އިރުޝާދު ދިނުމާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް އެތަކެތި ފެއްތުން. މަޝްރޫޢުގެ ކުރިއެރުން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، ކޮންޓްރެކްޓަރުން ހުށަހަޅާ އިންޖިނިއަރިންގ ލިޔެކިޔުންތަކާއި ކުރެހުންތައް ތަފްސީލީގޮތެއްގައި ދިރާސާކޮށް، އެތަކެތީގެ ފަންނީ ފުރިހަމަކަން ކަށަވަރުކުރުން.

7.   ނިންމާފައިވާ މަސައްކަތްތަކުގެ ފެންވަރު ބަލައި މިންކުރުމަށްފަހު، ކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުމަށް ބޭނުންވާ ޕޭމަންޓް ސެޓްފިކެޓްތަކާއި އިދާރީ ލިޔެކިޔުންތައް ތައްޔާރުކުރުން. އަދި މަޝްރޫޢުގެ ތެރެއިން ހުށަހެޅޭ ކްލެއިމްތަކާއި (Claims)، ވޭރިއޭޝަން އޯޑަރުތަކުގެ އިތުރުން މުއްދަތު އިތުރުކުރުމަށް އެދޭ ހުށަހަޅުންތައް، އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މެނޭޖްމަންޓްގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދިރާސާކޮށް ފަންނީ ލަފާދިނުމާއި ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.

8.ކޮންޓްރެކްޓަރުންނާއި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއި، އަދި ސްޓޭކްހޯލްޑަރުންނާއެކު ގާތުން މަސައްކަތްކޮށް މަޝްރޫޢުގެ ކަންކަން ވިލަރެސްކުރުން. މީގެ ތެރޭގައި މަޝްރޫޢުގެ ފަންނީ ސުވާލުތަކަށް ޖަވާބުދާރީވުމާއި، ރިޕޯޓިންގ ނިޒާމު ހަރުދަނާކުރުމާއި، ރިސްކް މެނޭޖްމަންޓާއި ކޮލިޓީ ކޮންޓްރޯލް ދެމެހެއްޓުމުގެ އިތުރުން، މަޝްރޫޢުގެ ހުރިހާ މަރުހަލާއެއްގައި ގާނޫނީ އަދި ގަވާއިދުގެ މިންގަނޑުތަކަށް އަމަލުކުރާކަން ކަށަވަރުކުރުން.

9. މަޝްރޫޢުގެ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮލިޓީ އެޝުއަރެންސް އަދި ކޮލިޓީ ކޮންޓްރޯލްގެ އުސޫލުތައް ތަންފީޒުކުރުން. މީގެ ތެރޭގައި ސައިޓުގައި ކުރިއަށްދާ މަސައްކަތްތައް ގަވާއިދުން އިންސްޕެކްޓްކޮށް، މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.

10.  އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި ތަންފީޛުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓްރީން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ރިޕޯޓްކުރުން

1.   ސިވިލް އިންޖިނިއަރ ވަޒީފާގެ މުއްދަތުގައި، ކަމާގުޅޭ ގޮތުން ރިޕޯރޓް ކުރާނީ ޕްރޮޖެކްޓް މެނޭޖަރަށެވެ.

2.   ޕްރޮޖެކްޓްގެ މަސައްކަތާ ގުޅިގެން ހުށަހަޅަންޖެހޭ އެންމެހާ ރިޕޯޓްތައް، ކަމާބެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަމުން ގެންދެވޭކަން ސިވިލް އިންޖިނިއަރ ކަށަވަރުކުރަންވާނެއެވެ.

3.    ސިވިލް އިންޖިނިއަރ އާންމުކޮށް މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތަކީ ރަސްމީ ދުވަސްދުވަހުގެ 08:00 ން 14:00 އަށެވެ.

4.   ދަތުރެއްގައި އުޅޭއިރު އެ ދަތުރެއްގައި ކުރަން ކަނޑައެޅުނު މަސައްކަތެއް ކޮށް ނިންމުމަށް ވަގުތު ހޭދަކުރަންވާނެއެވެ.

5.   ސިވިލް އިންޖިނިއަރ ގެ ރަސްމީ ގަޑީގެ ހެދުމަކީ، ސަރުކާރުގެ ރަސްމީ ހެދުމެވެ.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

2.  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާ:

 

ސިވިލް އިންޖިނިއަރިންގ

ސްޓްރަކްޗަރަލް އިންޖިނިއަރިންގ

ކޮންސްޓްރަކްޝަން އިންޖިނިއަރިންގ

އާކިޓެކްޗުރަލް އިންޖިނިއަރިނގް

ބިލްޑިންގ އިންޖިނިއަރިންގ

ސިވިލް އިންޖިނިއަރިންގ ސްޓްރަކްޗަރސް

ސިވިލް އެންޑް އާރކިޓެކްޗުރަލް އިންޖިނިއަރިންގ

ބިލްޑިންގ އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ

ސިވިލް އެންޑް އެންވަޔަރަންމަންޓަލް  އިންޖިނިއަރިންގ

ސްޓްރަކްޗަރަލް އެންޑް ސިވިލް އިންޖިނިއަރިންގ

ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ބިލްޑިންގ ޓެކްނޯލޮޖީ

ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން،

ސަސްޓެއިނަބަލް ސްޓްރަކްޗަރަލް އިންޖިނިއަރިންގ،

ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް

ކޮންސްޓްރަކްޝަން އިންޖިނިއަރިންގ މެނޭޖްމަންޓް،

ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން

ކޮންސްޓްރަކްޝަން މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ

އިންފްރާސްރަކްޗަރ އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް

ސްޓްރަކްޗަރަލް އެންޑް ބިލްޑިންގ ޕްރޮޑަކްޓްސް އިންޖިނިއަރިންގ

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

އިންޖިނިއަރިންގ ދާއިރާގެ އަމަލީ މަސައްކަތާއި ފަންނީ މަސައްކަތާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ވަޒީފާއަށް އެދޭކަން ބަޔާން ކުރާ ސިޓީއެއް.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ، މަތީތަޢުލީމު ދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ކަމުގައި ވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ސެޓްފިކެޓްގެ ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތެއްގައި، ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ ރާއްޖޭގެ މަތީތަޢްލީމު ދޭ މަރުކަޒަކުން ކަމުގައި ވާނަމަ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ޕްރެކްޓިޝަނަރސް ރެޖިސްޓަރީގައި ހިމެނިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް 22 ފެބްރުއަރީ 2026 (އާދިއްތަ) ދުވަހުގެ 13:30 ގެ ކުރިން، ޖޮބް ސެންޓަރގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 23 ފެބްރުއަރީ 2026 އިން 23 މާރިޗު 2026 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ބަޗެލާރސް ޑިގްރީ

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • 1. ވަޒީފާއަށް އެދޭކަން ބަޔާން ކުރާ ސިޓީއެއް.
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • (ހ) ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ، މަތީތަޢުލީމު ދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ކަމުގައި ވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ސެޓްފިކެޓްގެ ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތެއްގައި، ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • (ށ) ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ ރާއްޖޭގެ މަތީތަޢްލީމު ދޭ މަރުކަޒަކުން ކަމުގައި ވާނަމަ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 5. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.
  • 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • 7. ޕްރެކްޓިޝަނަރސް ރެޖިސްޓަރީގައި ހިމެނިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ސިވިލް އިންޖިނިއަރިންގ
މަޤާމްތައް
  • ސިވިލް އިންޖިނިއަރ
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Engineering, Manufacturing and Construction

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
11 ފެބްރުއަރީ 2026
މުއްދަތު ހަމަވާ ތާރީޚް
22 ފެބްރުއަރީ 2026
އެޕްލިކޭޝަން ހުށަހެޅުމަށް