ވަޒީފާތައް

މުސާރަ
5,610 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
5,610 ރުފިޔާ+
ސަރވިސް އެލަވަންސް މަހަކު 2000 ރުފިޔާ
ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރާއިގެ %35
ސިވިލް ސަރވިސްގ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
ވަޒީފާގެ ތަފްޞީލު

ނެޝަނަލް އާރޓް ގެލަރީއިން ބަލަހައްޓަންޖެހޭ އެންމެހައި ތަކެތީގެ އިންވެންޓްރީ ނެގުމާއި އަދި ފޯމެޓާއި އެއްގޮތައް ތައްޔާރުކޮށް އަޕްޑޭޓްކޮއް ޒިންމާދާރުގޮތުގައި ބެލެހެއްޓުން.
އާޓް ގެލަރީ އަށް އަންނަ ލިޔެކިއުންތަކަށް ޒިންމާދާރު ގޮތެއްގައި ޖަވާބު ދީ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
އާޓް ގެލަރީގެ ބުކިންގތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
އާޓް ގެލަރީގެ މަރާމާތަށް ބޭނުންވާ މައުލޫމާތު ޝީޓް ތައްޔާރުކުރުމާއި ތަނުގެ މެއިންޓަނަންސް ހުރިހާ މަސައްކަތެއް ބެލެހެއްޓުން.
އާޓް ގެލެރީއަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކުއެސްޓް ހެދުމާއި އެތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
އާޓް ގެލެރީގައި އެގްޒިބިޝަން އަދި އިވެންޓްތައް ކުރިއަށްދާ ދުވަސްތަކުގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުމާއި، ހޯލް ބެލެހެއްޓުން.
އާޓް ގެލަރީގެ ޝެޑިއުލް އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި، އާޓް ގެލަރީގެ އެގްރީމެންޓް ތައް ކަނޑައެޅިފައިވާ އުސޫލުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ޒިންމާދާރުކޮށް ތައްޔާރު ކުރުން.
ގެލަރީގައި އެއްވެސް އިވެންޓެއް ނުވަތަ ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން އެއްވެސް މަސައްކަތެއް ހިނގާނަމަ ހަވާލުކުރެވިފައިވާ އުސޫލުގެ ދަށުން ޒިންމާދާރު ގޮތެއްގައި ގެލަރީ ހޯލް ބެލެހެއްޓުން.
ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އޮފީސް އަދި އާރޓް ގެލެރީ ހުޅުވާ ލެއްޕުން.
ސެކްޝަންގެ ޔައުމީއްޔާ ދުވަހުން ދުވަހަށް ލިޔުން.
ސެކްޝަންގެ މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ސަލާމްގައި ހުންނަ މުއްދަތުގައި އެ މުވައްޒަފެއްގެ މަސައްކަތްތައް ސްޕަވައިޒަރ އަންގަވާ ގޮތުގެ މަތިން އެ މަސައްކަތް ފުރިހަމައަށް ކުރުމަށް އެއްބާރުލުންދީ، ސެންޓަރުގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން
މިނިސްޓްރީ އަދި ސެންޓަރުން ހިންގާ ރަސްމީ މަސައްކަތްތަކުގައި ބައިވެރިވުމާއި އަދި ވަޒީފާގެ މަސްޢޫލިއްޔާތާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ޑިޕްލޮމާ

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ގެޒެޓުން އެޕްލައި ކުރައްވާ
  • https://www.gazette.gov.mv/iulaan/339625

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ކްރިއޭޓިވް، އާރޓްސް އަދި މުނިފޫހިފިލުވުމުގެ އެހެނިހެން ހަރަކާތްތައް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Business Administration and Law

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
6 މޭ 2025
މުއްދަތު ހަމަވާ ތާރީޚް
12 މޭ 2025
އެޕްލިކޭޝަން ހުށަހެޅުމަށް