މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޕްރޮގްރާމް ތަކުގެ އައިޑިއަރ އާއި ކޮންޓެންޓް ، މެނޭޖަރއާއެކު ޝެއަރ ކޮށް ތަޖުރިބާ ޙިއްސާ ކުރުން.
- ޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެ މަތިން ޕްރޮގްރާމް ތައްޔާރުކުރުން.
- އޮފީހުން ބާއްވާ ޓްރެއިނިންގ ތަކުގައި ލިބިފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި ފަންނީ އެހީތެރިކަން ދިނުން.
- ޕީއެސްއެމްއިން އުފައްދާ ޕްރޮޑަކްޝަންސްތަކުގެ ޕްރީ ޕްރޮޑަކްޝަން، ޕްރޮޑަކްޝަން އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރުން
- ހަވާލުކުރެވޭ ޕްރޮޑަކްޝަންސްތައް ޑައިރެކްޓްކުރުމާއި ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
- ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ޙައްލު ކުރުން.
- ޗެނަލްގައި މަސައްކަތް ކުރާ ޕްރޮޑިއުސަރުންނާ ގުޅިގެން އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރުން.
- ޕްރޮގްރާމްސްކްރިޕްޓްލިޔުމާއި ތަރުޖަމާކުރުން.
- ސޯސަލް މީޑިއާގައި ޕްރޮގްރާމް ޕްރޮމޯޓްކުރުން އަދި އަޕްޑޭޓްކުރުން.
- ޕްރީ ޕްރޮޑަކްޝަންއިން ފެށިގެން ޕްރޮގްރާމް ނިމި އާކައިވްކުރުމާއި ހަމަޔަށް ޒިންމާނެގުން.
- މަސައްކަތާއި ގުޅޭ ޓްރޭނިންގތަކުގައި ފުރުޞަތު ލިބޭ މިންވަރަކުން ބައިވެރިވުން.
- ޕީއެސްއެމްއިން ކަނޑައަޅާ ތަނެއްގައި މަސައްކަތްކުރުން.
- ހަވާލުވާ އެކި ޕްރޮޑިއުސަރުންގެ ޕްރޮގްރާމްތައް / އަދި ޕްރޮޑިއުސަރުން މޮނިޓަރ ކުރުމާއި އެ ޕްރޮޑިއުސަރެއް އުފައްދާ ޕްރޮގްރާމްގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުން.
- ކުރާ މަސައްކަތްތަކަށް ޖަވާބުދާރިވުމާއި ޒިންމާވުން.
- ޚާއްސަ ހާލަތެއްގައި ކުންފުނިން ކަނޑައަޅާ ވަގުތެއްގައި ވަޒީފާގެ ދާއިރާއިން އެހެނިހެން މަސައްކަތެއް ކުރުން.
- ޕްރޮޑަކްޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި މަސައްކަތް ތަރައްޤީކުރުމަށް ޑިޕާޓްމަންޓުން ކަނޑައަޅާ އުސޫލެއްގެ މަތިން އެހީތެރިވެދިނުން.
|