ވަޒީފާތައް

މުސާރަ
12,442 ރުފިޔާ - 12,443 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
12,442 ރުފިޔާ - 12,443 ރުފިޔާ
ވަޒީފާގެ ތަފްޞީލު

އިޢުލާން ނަންބަރު: AS/IUL/2022/013

މަޤާމް: ސީނިއަރ އޮޑިޓް އޮފިސަރ

ބޭނުންވާ އަދަދު: 1

 

މަޤާމުގެ ޝަރުތު:

  1. އޮޑިޓިންގ،ފައިނޭންސް އެންޑް އެކައުންޓްސް، ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. އޮޑިޓިންގ، ފައިނޭންސް އެންޑް އެކައުންޓްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލް ކޮށްފައިވުން
  3. މި ކުންފުނީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތް ގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ އިންޓަރނަލް އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް އިންޓަރނަލް އޮޑިޓާރގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން
  2. ސީނިއަރ އޮޑިޓަރގެ ދަށުން މަސައްކަތް ކުރާ މުވައްޒަފު/ންގެ މަސައްކަތް ސުޕަވައިޒް ކުރުން
  3. އިންޓަރނަލް އޮޑިޓްގެ ކުއަރޓަރލީ ރިޕޯރޓް ތައް އެކުލަވައިލައި އިސްލާޙްކުރުމަަށް ހުށަހެޅޭ ކަންތައްތައް ކުންފުނީގެ މެނޭޖްމަންޓަށާއި އޮޑިޓް ކޮމިޓީއަށް ހުށަހަޅައި ކަނޑައަޅާފައިވާ ތާރީޚުތަކަށް އޯޑިޓްތައް ނިންމުމުގައި އިސްކޮށް ހަރަކާތްތެރިވުން
  4. ރިސްކް މެނޭޖް ކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  5. އިންޓަރނަލް އޮޑިޓްގެ އެސައިންމަންޓް ޕްލޭންތައް، އިންޓަރނަލް އޮޑިޓަރުގެ އެހީތެރިކަމާއިއެކު ތައްޔާރު ކުރުން
  6. އޮޑިޓް ކުރުމަގައި ބޭނުންކުރާ އިޖްރާއަތްތައް ޑްރާފްޓްކުރުން
  7. ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން
  8. އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗައް ބިނާކޮށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/7100 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/2343 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި:   13 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ހުށަހަޅަންޖެހޭ ތަކެތި:
  • 1. ވަޒީފާއަށް އެދޭ ފޯމު.
  • 2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  • 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • 4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • 5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
  • 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ފައިނޭސްއާއި ބޭންކިންގ އާއި ގުޅޭ ޚިދުމަތްތައް، އިންޝުއަރެންސް އަދި ޕެންސަން ފިޔަވައި
މަޤާމްތައް
  • އިންޓާނަލް އޮޑިޓް އެގްޒެކެޓިވް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
7 މާރިޗު 2022
މުއްދަތު ހަމަވާ ތާރީޚް
13 މާރިޗު 2022