މަޤާމް : |
ސީނިއަރ މެނޭޖަރ – ޓްރޭނިންގް އެންޑް ޑިވެލޮޕްމަންޓް |
ބޭނުންވާ އަދަދު: |
1 ( އެކެއް ) |
މުސާރައާއި އެލަވަންސް: |
1. މުސާރަ: މަހަކު -10,000/-ރުފިޔާ (ދިހަހާސް ރުފިޔާ) 2. ސަރވިސް އެލަވަންސް: މަހަކު -/ 4,500ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) 3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
||
އޮފީސް : |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް |
||
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: |
1. ހިއުމަން ރިސޯރސަސް ދާއިރާއިން ނުވަތަ ބިޒިނަސް އެޑްމިނސްޓްރޭޝަން އިން ބެޗިލާސް ޑިގްރީ ލިބިފައިވުން 2. ހިއުމަން ރިސޯރސް ދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން |
||
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު |
1. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތްކުރުން 2. ޕާރފޯރމަންސް އެޕްރައިސަލް ސިސްޓަމް ހަރުދަނާކޮށް ތަންފިޒުކުރުމުގެ މަސައްކަތްކުރުން |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތް ކޮށް ތަޖްރިބާ ލިބިފައިވުމުގެ އިތުރުން ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓް އަދި ޕާރފޯރމަންސް އެޕްރައިސަލް އާ ގުޅޭގޮތުން މަސައްކަތު ތަޖުރިބާ ލިބިފައިވުން · ޕްރެޒެންޓޭޝަން ސްކިލްސްހުރުމާއި އިންހައުސް ޓްރޭނިންގ ޕްރޮގްރާމާތައް ރާވައި ހިންގައި ޑެލިވަރ ކުރުމުގެ ހުނަރު ލިބިފައިވުން · ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން · ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން. · އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން · ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން · އިތުރު ގަޑީގައި މަސައްކަތްކުރަން ޖެހޭ ޙާލަތްތަކުގައިވެސް މަސައްކަތަށް ވަގުތުދެވޭ ފަރާތަކަށްވުން · ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން · ކުރެވޭ އިންޓަރވިއު އިން ފާސްވުން. |
||
ރަސްމީ މަސައްކަތު ގަޑި: |
· ހެނދުނު 08:00 އިން ހަވީރު 15:00 އަށް |
||
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް |
1. ވަޒީފާއަށްއެދޭ ފޯމް 2. ވަނަވަރު (ސީވީ) 3. އައިޑީ ކާޑުގެ ކޮޕީ 4. ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް) 5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ) ** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
||
ސުންގަޑި: |
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. **ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
||
އިންޓަވިއު: |
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
||
ވަޒީފާއަށް އެދޭނެ ގޮތް: |
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ. https://www.maldivespost.com/media/downloads/job-application-form |
||
އިތުރު މަޢުލޫމާތު: |
· މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. · މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |