|
މަޤާމް : |
ސީނިއަރ ކްރިއޭޓިވް ޑިޒައިނަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
|
މުސާރައާއި އެލަވަންސް: |
1. މުސާރަ: މަހަކު -/12،000 ރ ( ބާރަ ހާސް ރުފިޔާ) 2. ސަރވިސް އެލަވަންސް: މަހަކު -5،000 ރ (ފަސް ހާސް ރުފިޔާ) 3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރ ( ސަތޭކަ ވިހި ރުފިޔާ ) 4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ |
|||
|
އޮފީސް : |
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް |
ޔުނިޓް : |
ސޭލްސް، މަރކެޓިންގ އެންޑް ކަސްޓަމަރ އެކްސްޕީރިއަންސް |
|
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: |
· ގްރެފިކް ޑިޒައިން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަސައްކަތްކޮށް، 1 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ · ގްރެފިކް ޑިޒައިން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލަރސް ޑިގްރީ ލިބިފައިވުން އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަސައްކަތްކޮށް، 5 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން |
|||
|
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް |
· ކުންފުނީގެ ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުމާއި މާރކެޓިންގ ވީޑިއޯ ކުލިޕްސްތައް ހެދުން · ޕޯސްޓޭޖް ސްޓޭމްޕާއި ފިލަޓެލިކް ސްޓޭޕް، ޕޯސްޓަލް ސެޓޭޝަނަރީ، ފިލަޓެލިކް ސްވެނިއަރ ޑިޒައިން ކުރުން · ކުންފުނީގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްސްތައް އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ބްރޭންޑް މަރޗަންޑައިޒް ސްޕެސިފިކޭޝަނާއެކު ޑިޒައިންކުރުން · ކުންފުނީގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްސްތައް އިސްތިހާރުކޮށް ޕްރޮމޯޓްކުރުމަށް ބްރޭންޑް ގްރެފިކްސް ތައްޔާރުކުރުން · ކޯޕަރޭޓް ރިޕޯޓްތައް ޑިޒައިން ކުރުން |
|||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް އިލަސްޓްރޭޓަރ ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން. · ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ އެޑިޓްކުރަން އެނގޭ ފަރާތެއް ކަމުގައިވުން. · މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ބޭނުން ކުރަން އެނގުން · ލިބިފައިވާ ތަޢުލީމާއި ތަމްރީން · މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު · ކުރެވޭ އިންޓަރވިއުއިން ފާސްވުން · ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން އަދި މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމުން · ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން |
|||
|
ރަސްމީ މަސައްކަތު ގަޑި: |
· ހެނދުނު 08:00 އިން 15:00 އަށް |
|||
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް |
· ވަޒީފާއަށްއެދޭ ފޯމް · ވަނަވަރު (ސީވީ) · އައިޑީ ކާޑުގެ ކޮޕީ · ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް) · ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ) ** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. · ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
|||
|
ސުންގަޑި: |
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|||
|
އިންޓަވިއު: |
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|||
|
ވަޒީފާއަށް އެދޭނެ ގޮތް: |
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. https://www.maldivespost.com/media/downloads/job-application-form |
|||
|
އިތުރު މަޢުލޫމާތު: |
· މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. · މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
|||