· އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ، ލިޔުންތައް، އެކުލަވައިލުމާއި ޗެކްކުރުމުން އެޕްރޫވްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. · ކުންފުންޏަށް ލިބޭ އަދި ފޮނުވާ ސިޓީތަކާއި އެހެން ޑޮކިއުމެންޓްތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން، އަދި އަމަލީ ގޮތުންވެސް މަސައްކަތް ކުރުން. · ކުންފުނިން އެކި މުއްދަތުތަކަށް އާރކައިވްގައި ރައްކާކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް، ކަނޑައެޅިފައިވާ މުއްދަތަށް ތަރުތީބުން ރައްކާތެރިކޮށް އަމަލީގޮތުން ބެލެހެއްޓުން. · ދައުލަތުގެ ޑޮކިއުމެންޓްސް ޓްރާންސްފަރކުރުމުގެ ނިޒާމް، އީ-ގަވްސް މެދުވެރިކޮށް ކުންފުންޏަށް ލިބޭ ލިޔެކިޔުންތަކާއި އަދި ކުންފުނިން ފޮނުވާ ލިޔެކިޔުންތައް، ގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދިނުމާއި އާރކައިވްކުރުން. · ކުންފުންޏާއި އެކި ފަރާތްތަކާދެމެދު ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި އެކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. · ކުންފުންޏާއި އެހެން ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންވާ އެހީތެރިކަން ދިނުން. · ވީކްލީ އަދި މަންތްލީ ރިޕޯޓްތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން. · ކުންފުނީގެ ފަރާތުންނާއި އަދި އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް ކަސްޓަމަރކެއަރއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން. · ކުންފުނީގެ ކަސްޓަމަރ ކެއަރ ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ޙިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. · މެހެމާންދާރީ އަދާކުރުމުގައި ޢަމަލީގޮތުން ބައިވެރިވާންޖެހޭ ޙާލަތްތަކުގައި އެކަން ކުރުން. · ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމްތަކަށް އަންނަ މެހެމާނުންނަށް އިސްތިގްބާލް ކުރުމާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން. · ޙިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން. · ކުންފުނީގެ ފަރާތުން އެފްއޯސީކޮށް ދެވޭ ހިދުމަތްތައް އަގުކޮށް ރިކޯޑް ބަލަހައްޓާ، ލައިވް ފޯމްތައް ޖެނަރޭޓްކުރުން. · ރިޕޯޓް ލިޔުން، ކޮޕީ ރައިޓިން އަދި ވެބް ކޮންޓެންޓް ތައްޔާރުކޮށް އަޕްޑޭޓް ކުރުން. · ސޭލްސް، މާރކެޓިން އެންޑް ކޮމާޝަލް ކޮމިއުނިކޭޝަންގެ ބޭނުމަށްޓަކައި އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުން. · ސޭލްސް، މާރކެޓިން އެންޑް ކޮމާޝަލް ކޮމިއުނިކޭޝަންގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން. |