ލޮގިން
ޖޮބްސީކަރ ލޮގިން
އެމްޕްލޯޔަރ ލޮގިން
ފުރަތަމަ ޞަފްޙާ
ވަޒީފާތައް
(current)
ވަޒީފާދޭ ފަރާތްތައް
ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް
މީރީ
އިންކަމް ސަޕޯޓް
ފުރަތަމަ ޞަފްޙާ
ވަޒީފާތައް
ސީނިއަރ އެގްޒެކެޓިވް - ސޭލްސް އެންޑް މަރކެޓިންގ
ވަޒީފާތައް
ހޯދާ
ސީނިއަރ އެގްޒެކެޓިވް - ސޭލްސް އެންޑް މަރކެޓިންގ
މުއްދަތު ހަމަވަނީ
Public Service Media
މުސާރަ
12,000 ރުފިޔާ+
ރަށް
މާލެ ސިޓީ، މާލެ
ތަފްޞީލު
މުސާރައާއި އިނާޔަތްތައް
12,000 ރުފިޔާ+
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު
https://www.gazette.gov.mv/iulaan/329388
މަޤާމުގެ ޝަރުތު:
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 10 އަހަރުދުވަހު މަސައްކަތް ކޮށްފައިވުމާއިއެކު މެނޭޖީރިއަލް ލެވެލްގައި 4 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
ކުންފުނީގެ ޕްރޮޑަކްސްތައް މާރކެޓްކުރުމާއި ވިއްކުމުގައި އިނޮވެޓިވް ގޮތްތައް ބޭނުން ކޮށްގެން ތަފާތު ޕްލެޓްފޯމްތައް އުފެއްދުމަށް އެހީތެރިވުން.
ކުންފުނީގެ ބްރޭންޑްސްތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ބްރޭންޑް އައިޑެންޓިޓީސް ކޮންސިސްޓެންޓްކޮށް ބެލެހެއްޓުމަށް އެހީތެރިވުން.
ޕަބްލިކް ސަރވިސް މީޑިއާއިން ބާއްވާ އިވެންޓްތަކާއި ޕްރޮޖެކްޓްތަކުގައި ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓަށް ހަވާލުކުރާ މަސައްކަތްކުރުން.
ސްޕޮންސަރސްއަށް ދޭންޖެހޭ ބެނެފިޓްތައް ލިބުނުކަން ކަށަވަރުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
ޓެލެންޓް މެނޭޖުކުރުން – ކޮންޓްރެކްޓްގައި ތިބޭ އާޓިސްޓުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުން.
ކޮޕީރަޓިންގ އަދި ވެބް ކޮންޓެންޓް، ސޯޝަލް މީޑިއާ ކޮންޓެންޓް ތައްޔާރުކުރުމާއި އަޕްޑޭޓް ކުރުމުގެ މަސައްކަތް ބެލެހެއްޓުން.
މާކެޓްގައި ކުންފުނީގެ ޕްރޮޑަކްޓް ތަކުގެ ރޭންކް ދިރާސާ ކުރުމާއި މާކެޓް އިތުރަށް ޑޮމިނެންޓްވުމާއި މާކެތިންގ ޕްލޭން ތައްޔާރުކޮށް ހިންގުން.
ކުންފުންޏަށް އިތުރު ރެވެނިއު ހޯދުމަށް ޕްރެޒެންޓޭޝަން ހަދާ ކްލައިންޓުންނާއި ބައްދަލުކޮށް ކުންފުނީގެ ޕްރޮޑަކްތައް ވިއްކުން.
ސޯޝަލް މީޑިއާ ކެންޕެއިންތައް މޮނީޓަރ ކުރުން.
ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފެއް ސަލާމް ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އޭނާގެ މަސައްކަތް ކުރުން.
މީގެ އިތުރުން ސްޕަވައިޒަރ ނުވަތަ އޮފީހުން އަންގާ މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުތު
ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
ހުށަހަޅަންޖެހޭ ލިޔެކިޔުން
ލިޔެކިޔުން
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ޕޮލިސް ރިޕޯޓް (4 މަސްނުވާ).
މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ
ލޮގިން
Public Service Media
ޝާޢިއުކުރި ތާރީޚް
24 ފެބްރުއަރީ 2025
މުއްދަތު ހަމަވާ ތާރީޚް
26 ފެބްރުއަރީ 2025
އެޕްލިކޭޝަން ހުށަހެޅުމަށް