ވަޒީފާތައް

މުސާރަ
8,800 ރުފިޔާ+
ވަޒީފާގެ ބާވަތް
ކޮންޓްރެކްޓް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,800 ރުފިޔާ+
ސަރވިސް އެލަވަންސް -/3,000 ރުފިޔާ
އެހެނިހެން އެލަވަންސްތައް:

އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

https://www.gazette.gov.mv/iulaan/230135

މަޤާމުގެ ޝަރުތު:

  • މަޤާމާގުޅޭ ދާއިރާއަކުން (މަލްޓި މީޑިއާ، ގްރެފިކްސް ޑިޒައިން، ޑިޖިޓަލް އަރޓް ފަދަ)  އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ،
  • މަޤާމާއި ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސޯޝަލް މީޑިއާގެ މަންސަތައް ރަނގަޅަށް ދަންނަ އަދި ގައިޑްލައިންސްތަކަށް އަހުލުވެރި މީހަކަށް ވުން؛
  • ޝެއަރ ކުރެވޭ ކޮންޓެންޓަކީ ކުންފުނީގެ ގައިޑްލައިންތަކާ އެއްގޮތަށް އަޕްލޯޑްކުރެވޭ ކޮންޓެންޓެއްކަން ޔަޤީންކުރުން؛
  • ސޯޝަލް މީޑިއާ ކޮންޓެންޓް އަޕްލޯޑް ކުރުމާއި ބެލެހެއްޓުން އަދި ޖެހޭ މައްސަލަތަށް ޙައްލުކުރުމާއި ސޯޝަލް މީޑީއާގެ ޕޯސްޓްތަކަށް އަންނަ ކޮމެންޓްތަކަށް ޖަވާބުދާރީވުން؛
  • އާ ޙިޔާލުތަކާއި ޒަމާނީގޮތްތަކުގެ މައްޗަށް ބިނާކޮށް ލޭއައުޓް ހެދުން، ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށާއި އެހެން ޑިޕާޓްމަންޓްތަކަށް ބޭނުންވާ ގްރެފިކްސް އަދި ޕްރެޒެންޓޭޝަން ލޭއައުޓް ޑިޒައިންކުރުން؛
  • ވީކްލީކޮށް އަދި ޑެއިލީކޮށް އަޕްޑޭޓް ކުރަންޖެހޭ ޕޯސްޓްތައް ވަގުތުންވަގުތަށް އަޕްލޯޑްކޮށް އަޕްޑޭޓްކުރުން؛
  • ޕްރެޒެންޓޭޝަންތަކަށް ބޭނުންވާ ސޯޝަލް މީޑިއާގެ ސްޓެޓިސްޓިކްސް ތައްޔާރުކޮށްދީ ބެލެހެއްޓުން؛
  • ސޯޝަލް މީޑިއާ ގައި (ޓީވީ/ރޭޑިއޯ/ނިއުސް ކޮންޓެންޓް) ޕްރޮމޯޓް ކުރުމަށް ބޭނުންވާ ގްރެފިކްސް ޑިޒައިން ކުރުން؛
  • ސޯޝަލް މީޑިއާ އަށް ބޭނުންވާ ކުދިކުދި ވީޑިއޯ ކްލިޕް / ފޮޓޯ ފަދަ ކޮންޓެންޓް ނަގަން ޖެހޭ ހާލަތްތަކުގައި އަމިއްލައަށް ނަގައި އަޕްލޯޑް ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ކޮންޓްރެކްޓް