ވަޒީފާތައް

މުސާރަ
8,800 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,800 ރުފިޔާ+
ސަރވިސް އެލަވަންސް -/3,000 ރުފިޔާ
އެހެނިހެން އެލަވަންސްތައް:

އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

މަޤާމުގެ ޝަރުތު:

  • މަޤާމާގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ،
  • މަޤާމާއި ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސޯޝަލް މީޑިއާގެ މަންސަތައް ރަނގަޅަށް ދަންނަ އަދި ގައިޑްލައިންސްތަކަށް އަހުލުވެރި މީހަކަށް ވުން.
  • ޝެއަރ ކުރާ ކޮންޓެންޓަކީ އިސްލާމް ދީނާ ރާއްޖޭގެ ގާނޫނާއި ޚިލާފު ނުވާ ކޮންޓެންޓެއްތޯ ބަލައި ޔަޤީން ކުރުން.
  • ޕީއެސްމެގެ އެކި މަންސަތަކުގެ ސޯޝަލް މީޑިއާ ކޮންޓެންޓް އަޕްލޯޑު ކުރުމާއި ބެލެހެއްޓުން އަދި ޖެހޭ މައްސަލަތައް ޙައްލު ކުރުން.
  • ޝެއަރ ކުރާ ޕޯސްޓް ތަކުގެ ތެދު މަޢުލޫމާތު ހޯދައި ދިވެހި ބަހުންނާއި އިނގިރޭސި ބަހުގެ ގަވާއިދާއި ހަމަތަކާ އެއްގޮތަށް ލިޔެ އަޕްލޯޑް ކުރަން އެނގުން.
  • ސޯޝަލް މީޑިއާގެ ޕޯސްޓް ތަކަށް އަންނަ ކޮމެންޓްތަކަށް ޖަވާބުދާރީ ވުމުގައި ކުންފުނީގެ ގަވާއިދުތަކާ އުސޫލުތަކުގެ ތެރެއިން ޖަވާބުދާރީ ވުން.
  • އާ ޚިޔާލުތަކާއި ޒަމާނީގޮތްތަކުގެ މައްޗަށް ބިނާކޮށް ޕީއެސްއެމްގެ ސޯޝަލް މީޑިއާގެ ހުރިހާ މަންސަ ތަކުގެ ލޭއަޓް ހެދުން.
  • ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށާއި އެހެން ޑިޕާޓްމަންޓް ތަކަށް ބޭނުންވާ ގްރެފިކްސް އަދި ޕްރެސެންޓޭޝަން ލޭއައުޓް ޑިޒައިން ކޮށްދިނުން.
  • ވީކްލީކޮށް އަދި ޑެއިލީކޮށް އަޕްޑޭޓް ކުރަން ޖެހޭ ޕޯސްޓް ތައް ހަވާލުކުރާ އުސޫލުގެ ތެރެއިން އަޕްލޯޑް ކޮށް އަޕްޑޭޓް ކުރުން .
  • އެޗްއޯޑީ ޕްރެސެންޓޭޝަނަށް ބޭނުންވާ ސޯޝަލް މީޑިއާގެ ސްޓެޓިސްޓިކްސް ތައްޔާރު ކޮށްދީ ބެލެހެއްޓުން.
  • ސޯޝަލް މީޑިއާ ގައި (ޓީވީ / ރޭޑިއޯ / ނިއުސް ކޮންޓެންޓް) ޕްރޮމޯޓް ކުރުމަށް ބޭނުންވާ ގްރެފިކްސް ޑިޒައިން ކުރުން.
  • ސޯޝަލް މީޑިއާ އަށް ބޭނުންވާ ކުދިކުދި ވީޑިއޯ ކްލިޕް / ފޮޓޯ ފަދަ ކޮންޓެންޓް ނަގަން ޖެހޭ ހާލަތްތަކުގައި އަމިއްލައަށް ނަގައި އަޕްލޯޑް ކުރުން.

މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް

https://www.gazette.gov.mv/iulaan/224035

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް