ވަޒީފާތައް

މުސާރަ
6,000 ރުފިޔާ - 10,750 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
6,000 ރުފިޔާ - 10,750 ރުފިޔާ
އަސާސީ މުސާރަ: -/6،000 ރުފިޔާ
އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:
- ސަރވިސް އެލަވަންސް: -/4،500 ރުފިޔާ
- ފޯނު އެލަވަންސް: -/250 ރުފިޔާ
މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
ވަޒީފާގެ ތަފްޞީލު

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ. 

މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

އިތުރު މަޢުލޫމާތު: https://gazette.gov.mv/iulaan/225308

މަޤާމު:

ޕްރޮގްރާމް ސެކްރެޓަރީ

ބޭނުންވާ ޢަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ

މަޤާމުގެ ގިންތި:

ދާއިމީ

އަސާސީ މުސާރަ:

-/6،000 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

-      ސަރވިސް އެލަވަންސް: -/4،500 ރުފިޔާ

-      ފޯނު އެލަވަންސް: -/250 ރުފިޔާ

މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތައް:

-      ބާ ކައުންސިލްގެ ދާއިމީ ސަބްކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން؛

-      ބާ ކައުންސިލުގެ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލްގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛

-      މަސައްކަތާ ގުޅޭ ގޮތުން ބާ ކައުންސިލުން އިންތިޒާމުކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތައް ރާވައި ހިންގާ ބެލެހެއްޓުން؛

-      އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުން؛

-      މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން؛

-      މަސައްކަތާ ގުޅޭ ގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލު ތަމްޘީލުކުރުން؛އަދި

-      އޮފީހުގެ މަސައްކަތާގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

1.    ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު

2.    މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)

3.    އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

4.    ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން

5.    މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ)

6.    ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

7.    މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ.

 އިތުރު މަޢޫލާމާތު

·      މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

·      މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގަންވާނެއެވެ.

·      ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

·      މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބަލައި ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކައުންސިލްގެ ރައީސެވެ.

·      ޝޯޓްލިސްޓު ނުކުރެވޭ ފަރާތްތަކަށް ޝޯޓްލިސްޓު ނުކުރެވޭކަން ބާ ކައުންސިލުގެ ފަރާތުން ސަބަބާއެކު އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.

[email protected]

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ޑިޕްލޮމާ

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • 1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު
  • 2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް)
  • 3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • 4. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން
  • 5. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި އެބޭފުޅާ ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ)
  • 6. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.
  • 7. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ލީގަލް އަދި އެކައުންޓިންގެ ޚިދުމަތް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
24 ޖެނުއަރީ 2023
މުއްދަތު ހަމަވާ ތާރީޚް
31 ޖެނުއަރީ 2023