ވަޒީފާތައް

އޮފީސް އެޓެންޑެންޓް މުއްދަތު ހަމަވެފައި

Maldives Post Limited
މުސާރަ
8,000 ރުފިޔާ - 10,000 ރުފިޔާ
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,000 ރުފިޔާ - 10,000 ރުފިޔާ
ވަޒީފާގެ ތަފްޞީލު

މަޤާމް : 

އޮފީސް އެޓެންޑެންޓް

ބޭނުންވާ އަދަދު:  

1 ( އެކެއް ) 

މުސާރައާއި އެލަވަންސް: 

1.       މުސާރަ: މަހަކު -5,100/-ރުފިޔާ ( ފަސްހާސް އެއްސަތޭކަ ރުފިޔާ) 

2.       ސަރވިސް އެލަވަންސް: މަހަކު -/ 2,900ރުފިޔާ (ދެހާސް ނުވަސަތޭކަ ރުފިޔާ) 

3.       ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )

4.       އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 

އޮފީސް : 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 

ޔުނިޓް : އެޑްމިނިސްޓްރޭޝަން ސެކްޝަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 

·         އަސާސީ ފެންވަރަށް ތަކެތި ދަތުން

މަޤާމުގެ މައިގަނޑު  މަސްޢޫލިއްޔަތު 

·         އޮފީހުގެ އެކިއެކި ޖަލްސާތަކަށާއި ހާއްޞަ ހަލްފާތަކަށް ސައި ތައްޔާރުކުރުމާއި، ސައިކޮޓަރީގެ އެންމެހާ ކަންތައްތަކެއް ކުރުމާއި، އޮފީހުގެ އެންމެހާ ތަންތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، އެހެނިހެން އިދާރީ ކަންތައްތަކުގައި އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

·         މަސައްކަތުގެ މާހައުލުގައި  ރަނގަޅަށް މުޢާމަލާތް ކުރަންޖެހޭފަރާތްތަކާއި ރަނގަޅަށް މުއާމަލާތް ކުރަން އެނގޭ މީހަކުކަމުގައިވުން

  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން

·         ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން

·         އިތުރު ގަޑީގައި މަސައްކަތްކުރަން ޖެހޭ ޙާލަތްތަކުގައިވެސް މަސައްކަތަށް ވަގުތުދެވޭ  ފަރާތަކަށްވުން

·         ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

·         ކުރެވޭ އިންޓަރވިއު އިން ފާސްވުން. 

ރަސްމީ މަސައްކަތު ގަޑި:  

·         ހެނދުނު 08:00 އިން 16:00 އަށް. ( ހޮނިހިރު – ބުރާސްފަތި )

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް 

1.       ވަޒީފާއަށްއެދޭ ފޯމް 

2.       ވަނަވަރު (ސީވީ) 

3.       އައިޑީ ކާޑުގެ ކޮޕީ 

4.       ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)   

5.       ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)   

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:  

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 30 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަވިއު:  

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

ވަޒީފާއަށް އެދޭނެ ގޮތް: 

 

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ. 

https://www.maldivespost.com/media/downloads/job-application-form 

އިތުރު މަޢުލޫމާތު:  

·         މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

·   މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
ޝާޢިއުކުރި ތާރީޚް
28 ސެޕްޓެމްބަރު 2025
މުއްދަތު ހަމަވާ ތާރީޚް
30 ސެޕްޓެމްބަރު 2025